Roadha Mihaaru
"އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން"

އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން: މައުސޫމް

27 ޑިސެމްބަރ 2021

އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް މި އަހަރު 1.3 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކުރަން ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މައުސޫމް ވިދާޅުވީ، އަންނަ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ރާއްޖެއަށް ގެންނަން ކަނޑައަޅާފައިވަނީ 1.6 މިލިއަން ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ ބަޖެޓަށް ވުރެ ހަތަރު ލައްކަ އިތުރު އަދަދެކެވެ. ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައެވެ.

މައުސޫމް ވިދާޅުވީ މިދިޔަ ދޮޅު އަހަރު ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ގެއްލުމެއް ލިބުނު އިރު އެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހިންދަމާލެވުނީ އަދި ކިރިޔާ ކަމަށެވެ. އޭނާ ވިދާޅުވީ، މިހާ ހިސާބަށް ޓޫރިޒަމް ދާއިރާ މި ގެނެވުނީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

ރާއްޖޭގައި 155 ރިސޯޓުން ހިދުމަތް ދޭ އިރު ގިނައީ ބޭރުގެ ބޮޑެތި އިންވެސްޓަރުގެ ރިސޯޓްތަކެވެ.

ރިސޯޓުތަކުގެ ހިއްސާ 100 ޕަސެންޓް ބޭރުގެ އިންވެސްޓަރުންނަށް ނެގުމުގެ ފުރުސަތު ގާނޫނުން ލިބިދީފައި އޮވެ އެވެ. އަލަށް ފަށާ ހޯމް ސްޓޭ ޓޫރިޒަމާ އެކު އެކަން ބަދަލުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު މިހާރު ވަނީ ރަނގަޅުވާން ފަށައިފަ އެވެ. މި ވަގުތު ޓޫރިޒަމް ދާއިރާގައި 55،000 އެނދު ހުރި އިރު ހިދުމަތް ދެނީ 50،000 އެނދުންނެވެ. މީގެ ތެރޭގައި ރިސޯޓާއި ގެސްޓްހައުސް އަދި ސަފާރީތައް ހިމެނެ އެވެ.