ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަންނަ ހުކުރު ދުވަހު މިލިއަނަކަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
08 އޯގަސްޓް 2022
ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އަންނަ ހުކުރު ދުވަހު މިލިއަނަކަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ގޮތަށް ޓޫރިސްޓުން އަންނަ ނަަމަ މި އަހަރު ނިމޭ އިރު 1.6 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ.
"އުންމީދު ކުރަނީ މި އަށް ވުރެ ވެސް ޓޫރިސްޓުންގެ އަދަދު ރަނގަޅުވުން. އެކަމަކު އެ ވަރު ހާސިލުވުމަކީ ވެސް ހިތްހަމަޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި އެ ސަރަހައްދުން ޓޫރިސްޓުން އައުން މަދު ނުވި ނަމަ 2019 ވަނަ އަހަރަށް ވުރެ ގިނައިން މި އަހަރު ޓޫރިސްޓުން އަންނާނެ ކަމަށެވެ.
ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ވަރަށް ބޮޑަށް މަދެވެ. ހަނގުރާމައިގެ ކުރިން އެއީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ސަރަހައްދެވެ. އެކަމަކު، އަނެއްކާ ވެސް ރަޝިއާ އިން ޓޫރިސްޓުން އަންނަ ވަރު ވަނީ އިތުރުވެފަ އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 970،000 ޓޫރިސްޓުން އައިސްފަ އެވެ. މި މަހު އެވްރެޖްކޮށް 4،500 ޓޫރިސްޓުން ރާއްޖެ އަށް އާދެ އެވެ.
މިދިޔަ ހޮނިހިރާއި އާދިއްތަ ދުވަހު ރާއްޖެ އަށް 5،000 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.
މައުސޫމު ވިދާޅުވިގޮތުގައި، ކުރިއަށް އޮތް މަސް ތަކުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުން އިތުރުވާނެ އެވެ.
އޭނާ ވިދާޅުވީ، އާންމުގޮތެއްގައި މި ދުވަސްވަރަކީ ރާއްޖެ އަށް ލޯ ސީޒަން ނަމަވެސް، ޓޫރިސްޓުން ރަނގަޅު އަދަދަކަށް އައިސްފައިވާތީ ސްކޫލު ޗުއްޓީއާ ދިމާކޮށް އުންމީދު ކުރި ވަރަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ވެސް ޗުއްޓީއަށް ނުދެވުނު ކަމަށެވެ.
މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމުން 137،000 ޓޫރިސްޓުން އައިސްފައި ވެ އެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައި އިނގިރޭސި ވިލާތުގެ ޓޫރިސްޓުންގެ އަދަދަކީ 110،000 އެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. އެ ގައުމުން 103،00 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވެއްޖެ
އަހަރުގެ ފުރަތަމަ ފަސް ދުވަހު ގިނައީ ރަޝިއާ ޓޫރިސްޓުން
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
މަޑު ޖެހުމަކަށްފަހު އަނެއްކާ ވެސް ޓޫރިސްޓުން އިތުރުވަނީ
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
ރަޝިއާއިން އައި ޓޫރިސްޓުން ލައްކައިން މައްޗަށް
ނުވަ ލައްކަ ޓޫރިސްޓުން، އެންމެ ގިނައީ ޗައިނާ މީހުން
އިންޑިއާ މާކެޓު މުހިއްމު، ރާއްޖެއަށް އާދޭ: ފައިސަލް
ޓޫރިސްޓުންގެ އަދަދު އަށް ލައްކައަށް އަރައިފި