Roadha Mihaaru
އައްޑުއަށް ޑިމާންޑް ބޮޑުވެ، އިތުރު ދެ ފްލައިޓް އަޅަނީ

އައްޑު އަށް ޑިމާންޑް ބޮޑުވެ، އިތުރު ދެ ފްލައިޓް ބާއްވަން ފަށައިފި

28 ޑިސެމްބަރ 2021

އައްޑު އަށް ދަތުރުކުރާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އިތުރު ދެ މަތިންދާބޯޓު އެ ސިޓީ އަށް އައިލެންޑް އޭވިއޭޝަނުން ބާއްވަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އައްޑު އަށް ދަތުރުކުރާ މީހުންގެ އަދަދު މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އިތުރު ދެ މަތިންދާބޯޓު އެ ސިޓީ އަށް އައިލެންޑް އޭވިއޭޝަނުން ބާއްވަން ފަށައިފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ މިއަދު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮތް ޑިމާންޑް އަބަދުވެސް ބަލަމުން އަންނަ ކަމަށެވެ. ޑިމާންޑް އިތުރުވާ ވަރަކަށް ފްލައިޓްތައް އަޅާ ވަރު ވެސް އިތުރު ކުރާ ކަމަށް ވިދާޅުވި އެވެ.

މި ޑިސެމްބަރު މަހުގެ މިހާތަނަށް އެއާބަސްގެ 11 ފްލައިޓް ގަމަށް ދަތުރު ކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އައްޑު އަށް ދަތުރު ކުރުމަށް ދެ ފްލައިޓް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑު އަށް މިހާރު ވެސް ކޮންމެ ދުވަހަކު ފަސް ފްލައިޓް އަޅަ އެވެ.

ޓްވީޓް

މޯލްޑިވިއަން އިން ވަނީ އުތުރުގެ އެއާޕޯޓުތަކަށް ކުރާ ދަތުރުތައް ވެސް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

މޯލްޑިވިއަން އިން އަންނަނީ ރާއްޖޭގެ 15 ސަރަހައްދަކަށް މިހާރު ވެސް ދަތުރުކުރަމުންނެވެ.