އެކި ފަރާތް ފަރާތުން އެއްފަހަރާ ދޭ ވަރުގަދަ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެގެން ނޫނީ އީރާނަށް ހަމަލާއެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިޒްރޭލު ސިފައިން އިއުތިރާފްވެއްޖެ އެވެ.
އެކި ފަރާތް ފަރާތުން އެއްފަހަރާ ދޭ ވަރުގަދަ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެގެން ނޫނީ އީރާނަށް ހަމަލާއެއް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، އިޒްރޭލު ސިފައިން އިއުތިރާފްވެއްޖެ އެވެ.
ނިމެމުން މިދާ 2021 ވަނަ އަހަރު އިޒްރޭލު ސިފައިން ހިންގި ތަފާތު އަސްކަރީ ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް، އިޒްރޭލުގެ އަސްކަރިއްޔާ އިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އީރާނަށް ހަމަލާއެއް ދޭނަމަ، ހަމަ އެއާއެކީ، ލެބަނަން އާއި ސީރިޔާގެ އިތުރުން ގާޒާ އަށް ވެސް ހަމަލާ ދިނުމަށް ފުރިހަމަ އަށް ތައްޔާރުވާން ޖެހޭނެ އެވެ.
އީރާނުގެ ނިއުކްލިއާ އެކުވެނިތަކަށް ހަމަލާއެއް ދޭން ޖެހިއްޖެ ހިނދެއްގައި އެކަން ކުރުމަށްޓަކައި، އިޒްރޭލުން މިހާރުވަނީ މިސައިލުން ދިފާއުވާ ނިޒާމުތައް ގަނެފަ އެވެ. އެއާއެކު އިޒްރޭލުގެ ވައިގެ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އެއްގަމު ސިފައިންގެ ގާބިލުކަން އިތުރުކުރުމަށްވެސް އިޒްރޭލުން މިހާރު ވަނީ ދުރާލައި ފިޔަވަޅު އަޅައިފަ އެވެ.
އެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިޒްރޭލުން އީރާނަށް ދޭން ގަސްދުކުރާ ހަމަލާއެއްގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، މެދުއިރުމަތީގައި ދިރިއުޅޭ ޝީއީންނެވެ. އީރާންގެ އިތުރުން، އިރާގާއި ސީރިޔާ އަދި ލެބަނާންގައި ގިނަ އަދަދެއްގެ ޝީއީން އުޅޭއިރު، އިޒްރޭލުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ބަދަލު ހިފުމުގެ ގޮތުން، އެއިން ކޮންމެ ގައުމަކުން ވެސް އިޒްރޭލަށް ނުރައްކާތައް ކުރިމަތިކުރާނެ އެވެ. އޭގެ އިތުރުން ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވެސް، އިޒްރޭލުގެ ކިބައިން ބަދަލުހިފަން ބޭނުންވާނެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން އަންދާޒާކުރާ ގޮތުގައި، މިހާރުން މިހާރަށް އީރާނާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާނެ އެވެ. އަދި ނިއުކްލިއާ ފަސް ބޮން އުފެއްދުނަސް، ކައިރި މުސްތަގުބަލެއްގައި އީރާނުން އެ ހަތިޔާރުގެ ބޭނުންކުރާނެ ކަމަކަށް ނުބެލެވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ލެބަނަންގެ ވައިގެ ސަރަހައްދުގެ މިނިވަންކަމާއެކު ހަރަކާތްތެރިވުމުގައި އިޒްރޭލުވެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. އެހެން ނަމަވެސް، އެ ސަރަހައްދުގެ ބައެއް ގައުމުތަކުގައި، ވައިގެ ދިފާއީ ނިޒާމު މިހާރު ތަރައްގީކޮށްފައިވާތީ، ކުރިން އޮތް މިނިވަންކަން މިހާރު ނެތް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރާ ޑްރޯން މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރު ފަދަ އުޅަނދުތައް، ލުބްނާންގެ ތެރެއިން އިޒްރޭލުގެ ތެރެއަށް ވަންނަ މިންވަރު، 2021 ވަނަ އަހަރު މަދުވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ. ނަމަވެސް، އިޒްރޭލު ސިފައިންގެ ހަރަކާތްތަކަށް ފާރަލައި ޖާސޫސް ކުރުމަށް އިޒްރޭލުގެ ތެރެއަށް ވަންނަ ހިޒްބުﷲގެ ޑްރޯންތައް މިހާރުވެސް މެދުކެނޑުމެއް ނެތި ވަންނަމުންދާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
ހިޒްބުﷲގެ ޑްރޯންތައް 2020 ވަނަ އަހަރުގެ ތެރޭގައި، 94 ފަހަރެއްގެ މަތިން އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަދެފައިވެ އެވެ. ނަމަވެސް މިހިނގާ 2021 ވަނަ އަހަރު، ހިޒްބުﷲގެ ޑްރޯންތައް އިޒްރޭލުގެ ވައިގެ ސަރަހައްދަށް ވަދެފައިވަނީ، އެންމެ 74 ފަހަރެވެ.
އީރާނަށް ހަމަލާ ދިނުމަށް އިޒްރޭލު ތައްޔާރުވަނީ
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމެރިކާގެ އެންމެ ބޮޑު ނިއުކްލިއާ ސަބްމެރިން އިޒްރޭލަށް
އަހަރެމެން މިތިބީ ހަނގުރާމައިގެ ތެރޭގައި: ހިޒްބުﷲ
އީރާނާއި އެމެރިކާގެ މަޝްވަރާތަކެއް އޮމާންގައި ބާއްވައިފި
އިޒްރޭލުން ބާރުދައްކަނީ އެތެރޭގެ ބައިބައިވުން ފޮރުވަން
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި
އެމެރިކާ އިން ދިން ލުއިތަކެއް ނުފުދޭ: އީރާން
އިޒްރޭލުން އީރާނަށް ހަމަލާ ދިނުމަކީ ނަރަކަ ހުޅުވައިލުން