އެފްއޭއެމްގެ މުވައްޒަފުންނަށް ދެ މަހުގެ މުސާރަ އެއްފަހަރާ ރޭ ދީފި އެވެ.
30 ޑިސެމްބަރ 2021
އެފްއޭއެމްގެ މުވައްޒަފުންނަށް ދެ މަހުގެ މުސާރަ އެއްފަހަރާ ރޭ ދީފި އެވެ.
އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭ، އެމައްސަލަ ފާހަގަކޮށް "މިހާރު" އިން ރޭ ރިޕޯޓް ކުރުމާ ގުޅިގެން، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، "މިހާރު" އިން ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ބުނެފަ އެވެ. އެކަމަކު މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ "މިހާރު"ން ރިޕޯޓް ކުރި ފަހުން ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެ އެވެ.
މުސާރަ ނުދީ އޮތް މައްސަލައިގައި "މިހާރު"ން ޖަވާޒު އަށް އިއްޔެ ގުޅުމުން، އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަން އޭނާ ވިދާޅުވި އެވެ.
"ނޮވެމްބަރުގެ މުސާރަ ލަސްވެފައި ވަނީ ޕޭމަންޓް ޓްރާންސްފާވުން ލަސްވުމުން. އަދި އެކަން ދިމާވެގެން އުޅޭކަން ވަނީ މުވައްޒަފުންނާ ވެސް ހިއްސާކޮށްފައި،" ސޯޝަލް މީޑީއާގައި ޖަވާޒު ލިޔުއްވާފައިވެ އެވެ. "ނޮވެމްބަރު އަދި ޑިސެމްބަރުގެ މުސާރަ ވާނީ ޖަމާކޮށްފައި. ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކަނީ ނަފުރަތު އުފެއްދުމުގެ ގޮތުން."
އެފްއޭއެމްގައި މަސައްކަތް ކުރަމުން ދިޔަ ހަ މުވައްޒަފަކު ދާދި ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެފްއޭއެމުން ބުނެފައި ވަނީ، އެ މުވައްޒަފުން ވަކިކުރީ އޮނިގަނޑަށް ގެނައި ބަދަލަކުން ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މަގާމުތަކަށް ގާބިލު މުވައްޒަފުން ހޯދަން އިއުލާން ކުރާނެ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
މުވައްޒަފުން ވަކިކުރި މައްސަލައާ ގުޅިގެން، އެފްއޭމްގެ ކުރީގެ ރައީސް އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެފްއޭއެމް ބަނގުރޫޓްވެފައިވާ ކަމަށެވެ.
"ދިވެހި ފުޓްބޯޅަ ހަލާކުވެ، ފުޓުބޯޅަ އެސޯސިއޭޝަން ބަނގުރޫޓުވެ، އެތަނުގެ އެތަކެއް މުވައްޒަފުންނަށް މުސާރަ ނުދީ ނޯޓިސް ދޭން ފަށައިފި. ކުޅިވަރުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ދިމާ އިދިކޮޅަށް އެސޯސިއޭޝަން ހިންގަމުންދާއިރު އެކަމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟" އާޒިމް ކުރެއްވި ޓްވީޓްގައިވެ އެވެ.
އެކަމަކު އާޒިމްގެ އެ ތުހުމަތުތައް އެފްއޭއެމުން ދޮގުކުރެ އެވެ.
"އެފްއޭއެމްގެ ފައިސާ ކަންކަން އިސްކޮށް ބެލީ ބައްސާމް"
ބޮއްސުންލާފައިވާ އެފްއޭއެމްގެ އާ ޖީއެސްއަކަށް ޖައުޝަން
މުވައްޒަފުން ވަކިކުރަނީ އޮނިގަނޑަށް ގެނައި ބަދަލަކުން
ބައްސާމް ނަގާ ދިފާއުއަކީ ހުރާފާތެއް: ޝަމީމް
ބައްސާމް ނެންގެވި ފީފާގެ ދިފާއުގެ މައްސަލަ ހައި ކޯޓަށް
އަގީލް ބަންދެއް ނުކުރެވުނު، ބައްސާމް ޝަރީއަތް ކެންސަލް
ޖަލު ހެދުން ނުލުމުން ބައްސާމް ގެނައީ ކުލަ ހެދުމުގައި
ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑިއަޅުވާތީ
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ
ފީފާގެ ހުއްދަނެތި މައްސަލަ ނުބަލަން ބައްސާމްގެ ދިފާއު