Roadha Mihaaru
ތުރުކީން ގެނެސްދޭ "ތިޔަ ސޫރަ" ދައްކާލައިފި

ތުރުކީން ގެނެސްދޭ "ތިޔަ ސޫރަ" ދައްކާލައިފި

02 ޖެނުއަރީ 2022

ތުރުކީގައި ޝޫޓްކޮށްފައިވާ ދިވެހި ލަވަ "ތިޔަ ސޫރަ" އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ތުރުކީގައި ޝޫޓްކޮށްފައިވާ ދިވެހި ލަވަ "ތިޔަ ސޫރަ" އާ އަހަރުގެ ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލައިފި އެވެ.

މި ލަވަ އަކީ ފެޝަން ޑިޒައިނަރު ޖާދުﷲ އިސްމާއީލް (ޖާދު) އާއި އަރަމުން އަންނަ ޒުވާން ބަތަލާ ފާތުމަތު ޝަރާ ފެނިގެންދާ ވަރަށް ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައެކެވެ. ތުރުކީގެ އެކި ހިސާބުތަކުން ރީތި މަންޒަރުތަކާއި ރީތި، ގިނަ ކޮސްޓިއުމްތަކެއް ވެސް ފެނިގެންދާ "ދިޔަ ސޫރަ" އަކީ މޭކަޕް އާޓިސްޓް ހަސަން އާދަމް (މޭކަޕް ހަސަން" ގެ ޑައިރެކްޝަނެކެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) މެލޮޑީ ހަދައި އޭނަ އާއި އައިޝަތު ޖޫނީ ޖިނާހުގެ އަޑުން ކިޔާފައިވާ ލަވައިގެ މިއުޒިކް ހެދީ ހުސައިން ތައުފީގެވެ.