25 އޮކްޓޯބަރ 2021
ރާއްޖޭގެ ޓޫރިޒަމް "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވާހަކައިން އިޝްތިހާރުކުރަން ފަށައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވާހަކައިން އިޝްތިހާރުކުރަން ފަށައިފި އެވެ.
ވިޒިޓް މޯލްޑިވްސް އަށް ހަދާފައިވާ މި އެޑް ފިލްމަކީ ރާއްޖޭގައި ޒަމާނުއްސުރެ ކިޔައި އުޅޭ މަޝްހޫރު ހިޔާލީ ވާހަކައެއް ކަމަށްވާ ދޮންހިޔަލަ އާއި އަލިފުޅުގެ އަސަރު ގަދަ ލޯބީގެ ވާހަކަ އެވެ. މިއީ "ރޯމިއޯ އެންޑް ޖޫލިއަޓް" ފަދަ ލޯބީގެ ވާހަކަތައް ކިޔައި އުޅޭ ރާއްޖޭގައި ކިޔައިދޭ ނިޔަނެތި ލޯބީގެ ވާހަކައެކެވެ. މި ވާހަކަ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަބްދުﷲ ސޯދިގް (ސޯދުބެ) ދިގު ވާހަކައެއްގެ ގޮތުގައި ވެސް ލިޔުއްވާފައިވެ އެވެ.
ދޮންހިޔަލަ އާއި އަލިފުޅުގެ ވާހަކަ މަންޒަރުތަކުން ކުލަކޮށް ދީފައިވާ ގޮތް ވަރަށް ފުރިހަމަ އެވެ. ރާއްޖޭގެ އުންމީދީ ޑައިރެކްޓަރު އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "ދޮންހިޔަލަ އާއި އަލިފުޅު" އެޑް ފިލްމުގެ ތަރިންނަކީ މަރިޔަމް ޝިފާ އާއި އަލީ އާޒިމް (ދޮންއައްޔަ) އެވެ. ދިވެހިންގެ ކުރީގެ ދިރިއުޅުން ވެސް ދައްކުވައިދޭ ހަނދާންތަކުގެ ތެރެއަށް 2 މިނިޓާއި 16 ސިކުންތުގެ "ދޮންހިޔަލަ އާއި އަލިފުޅު" މި މަންޒަޒުތަކާ އެކު އުފާވެރިކަން ގެނެސްދެ އެވެ.
The beauty of Dhon Hiyala and the courage of Alifulhu have been spoken of for many years. Even today, Maldivian shores are said to be blessed and watched over by the souls of these two lovers. Let us show you more. #TalesOfMaldives #VisitMaldives https://t.co/Q0V6jh2mSD
— Visit Maldives (@visitmaldives) October 24, 2021
ދެ ލޯބިވެރިންގެ ލޯބީގެ ވާހަކަ ހިތްދަތިކޮށް ނިމިގެން ދިޔަޔަސް، "ދޮންހިޔަލަ އާއި އަލިފުޅު" ގެ މި ވާހަކަ އަކީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، ޓޫރިސްޓުންގެ ޝައުގުވެރިކަން އިތުރަށް ހޯދޭނެ ވަރަށް ވެސް ރީތި ސޮފުހާއެކެވެ.
ފާތުމަތު ނަހުލާއާ ގުޅިގެން 2016 ގައި "4426" އިން ޑައިރެކްޝަނަށް ނުކުތް ސިނާނަކީ 2019 ގައި ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދިން "ގޮށްރާޅު" ގެ ޑައިރެކްޓަރެވެ. އޭނާގެ އަތުގައި މިހާރު ވެސް އުންމީދީ ދެ ޕްރޮޖެކްޓެއް އެބަ އޮތެވެ. އެއީ ބިރުވެރި ފިލްމު "ބަޅިނދު" އާއި "ރެހެންދި ހަދީޖާ" އެވެ.
"ރެހެންދި ހަދީޖާ" އަކީ ރާއްޖޭގައި ކުރިން ރަނިކަން ކުރި ހަދީޖާގެ ވާހަކަ ކިޔައިދޭ ޕީރިއަޑް ބައޮގްރަފިކަލް ޑްރާމާއެކެވެ.
އީމާން ތައުފީގު އިނގިރޭސި ބަހުން ނެރޭޓްކޮށް ދީފައިވާ "ދޮންހިޔަލަ އާއި އަލިފުޅު" ގެ ވީއެފްއެކްސް މަސައްކަތްކުރީ ވެސް ސިނާނެވެ. މުޅި އުފެއްދުމަށް ބަލާ ނަމަ ހުރިހާ ޑިޕާޓްމަންޓަކުން ވެސް ކޮށްގައި ހުރީ ސާބަސްދޭ ވަރުގެ މަސައްކަތެކެވެ.
ތުރުކީން ގެނެސްދޭ "ތިޔަ ސޫރަ" ދައްކާލައިފި
"ރޮބޯމޭން" އޮލިމްޕަހުގައި ޕްރިމިއާ ކޮށްފި
ރޮބޯމޭންގެ ލަވައެއް، ނާނާއެއް!
ރޮބޯމޭން ބަލަން ދާންވީ ސަބަބު: މި ދެކުދިންގެ ހުނަރު
ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެއްޖެ
"ރޮބޯމޭން"ގެ ޓްރެއިލާ ނެރެފި؛ ވަރަށް ޝައުގުވެރި
ސެޕްޓެމްބަރު ބަންދުގައި "ރޮބޯމޭން" އޮލިމްޕަހަށް
ދިވެހި ފިލްމު "ކަމަނާ"ގެ ނަން ލޯންޗުކޮށްފި
"ރޮބޯމޭން"ގެ ފިލްމެއް ގެނެސްދެނީ
ޓެޑްރީގެ "ލަސްވިޔަސް" ޕްރިމިއާ ކޮށްފި