02 ޖެނުއަރީ 2022
ބާސެލޯނާ (ޖެނުއަރީ 2) - އެފްސީ ބާސެލޯނާގެ 10 ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ވެސް، ލަ ލީގާ އިން މެޗު ކުޅެން ތާވަލު ކުރުމުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހިއްޖެ އެވެ.
ބާސެލޯނާ (ޖެނުއަރީ 2) - އެފްސީ ބާސެލޯނާގެ 10 ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ވެސް، ލަ ލީގާ އިން މެޗު ކުޅެން ތާވަލު ކުރުމުން، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހިއްޖެ އެވެ.
ރެއާލް މަޔޯކާއާ ދެކޮޅަށް ބާސާ ކުޅެން ހަމަޖެހިފައިވާ މެޗު ލަ ލީގާ އިން ވަނީ މިރެ އަށް ތާވަލުކޮށްފަ އެވެ. މެޗު ފަސްކޮށްދިނުމަށް ބާސާ އިން އެދުނެވެ. ނަމަވެސް ލަ ލީގާގެ އުސޫލުގެ ތެރެއިން މެޗު ކުރިއަށް ގެންދެވޭނެ ކަމަށް ލީގުގެ ބޯޑުން ވަނީ އަންގައިފަ އެވެ.
ކޮވިޑުގެ ހާލަތަށް ލަ ލީގާއިން ކަނޑައެޅި އުސޫލުގައި ބުނެފައި ވަނީ، ސީނިއާ ޓީމުގެ ފަސް ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބި ނަމަ، ކްލަބުގެ ބީ ޓީމުގެ ކުޅުންތެރިން ހިމަނައިގެން މެޗު ކުޅެވޭނެ ކަމަށެވެ. ފަސް ކުޅުންތެރިންގެ ތެރޭގައި ސީނިއާ ޓީމުގެ ތިން ގޯލްކީޕަރުންގެ ތެރެއިން ގޯލް ކީޕަރަކު ހުންނަން ޖެހެ އެވެ. މަދުވެގެން 13 ކުޅުންތެރިންގެ ސްކޮޑަކާ އެކު ވެސް މެޗު ކުރިއަށް ގެންދިއުމަށް ލަ ލީގާއިން ވަނީ ހަމަޖައްސައިފަ އެވެ.
"މެޗަށް އަހަރެމެން ބީ ޓީމު ނެރޭނަން. އަދި އަހަރެމެން މެޗަށް ނުކުންނާނީ މެޗު ކާމިޔާބު ކުރުމުގެ ވެސް އަޒުމުގައި. އެކަމަކު އަހަރެމެންގެ 17 ކުޅުންތެރިންނަށް މެޗަށް ހާޒިރު ވެވޭކަށް ނެތް،" ޒަވީ ބުންޏެވެ.
"އަހަރެން ކަންބޮޑުވަން. ލަ ލީގާއިން މެޗު ސަސްޕެންޑް ކުރަން ބޭނުން ނުވާތީ އަހަރެން ހައިރާން ވެއްޖެ. މެޗު ކުޅެން ޖެހޭނެ ކަމަކަށް އަހަންނަކަށް ނުވިސްނޭ. އަހަރެމެންގެ ކުޅުންތެރިން ވަރަށް ލިމިޓް. އާންމު ވިސްނުމަކުން ވިސްނާލިއަސް މެޗު ކުޅެވޭނެ ހާލަތެއް ނެތްކަން އެނގޭނެ."
މަޔޯކާގެ ގިނަ ކުޅުންތެރިންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މެޗު ފަސް ކުރުމަށް މަޔޯކާއިން އެދިފައިވާ ކަމަށް ޒަވީ ދެއްކި ވާހަކަތައް އެ ކްލަބުން ދޮގުކުރެ އެވެ.
މަޔޯކާ އާއި ބާސާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1 ޖަހާއިރު އެވެ.
ބާސާއާ ދެން ހަވާލުވާ ކޯޗަކަށް އުނދަގޫ ވާނެ: ޒަވީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބޮޑު ބައްޔަށް ފަހު ބާސާ ދޫކޮށްލާކަން ޒަވީ ހާމަކޮށްފި!
ޒަވީގެ 50 ވަަނަ މޮޅު، ނަތީޖާ އަނބުރާލީ ފަހުވަގުތު
ބާސެލޯނާ އިން ފުރުސަތު ގެއްލުވާލައިފި
ބާސާ އަށް ލިބުނު މޮޅަކީ ރަނެއް: ޒަވީ
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ސީޒަން ފަށާއިރު ބާސާ ތަފާތު ވާނެ: ފްލިކް
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ޒަވީ ބާސާގައި ހުންނާނެ، އެދެނީ ޒަވީގެ ބޭބެ ބޭރުކުރަން