Roadha Mihaaru
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް

ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް

04 ފެބުރުއަރީ 2024

ބާސްކް ކަންޓްރީ، ސްޕެއިން (ފެބްރުއަރީ 4) - ޑިޕޯޓިވޯ އަލަވޭޒާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗުގައި، އެ ޓީމުގެ ޒުވާން ފޯވާޑް ވިޓޯ ރޯކީ އަށް ރާތް ކާޑު ދެއްކުމުން ކޯޗު ޒަވީ ހެނާންޑޭޒްގެ ހިތްހަމަނުޖެހުން ލަލީގާގެ ރެފްރީންނަށް ބަންޑުންކޮށްލައިފި އެވެ.

ބާސްކް ކަންޓްރީ، ސްޕެއިން (ފެބްރުއަރީ 4) - ޑިޕޯޓިވޯ އަލަވޭޒާ ދެކޮޅަށް ރޭ ބާސެލޯނާ ކުޅުނު މެޗުގައި، އެ ޓީމުގެ ޒުވާން ފޯވާޑް ވިޓޯ ރޯކީ އަށް ރާތް ކާޑު ދެއްކުމުން ކޯޗު ޒަވީ ހެނާންޑޭޒްގެ ހިތްހަމަނުޖެހުން ލަލީގާގެ ރެފްރީންނަށް ބަންޑުންކޮށްލައިފި އެވެ.

އުމުރުން 18 އަހަރުގެ ރޯކީ ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ކުޅެން ނުކުމެ 15 މިނެޓް ނުވެ އޭނާ އަށް ރަތް ކާޑް ދެއްކި އެވެ.

އޭގެ ކުރިން ރޮކީ ވަނީ ބާސާގެ ދެވަނަ ލަނޑު ޖަހައިފަ އެވެ. ވިދިވިގެން ދެވަނަ މެޗުގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެ. ރޭގެ މެޗު ބާސާއިން ކާމިޔާބު ކުރީ 3-1 ންނެވެ.

ޒަވީ ބުނީ މި ސީޒަނުގައި ރެފްރީންގެ ފަރާތުން ބާސާ އަށް ބޭއިންސާފު ނިންމުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އެއީ އަހަރެމެންނާ ދެކޮޅަށް އައި ރެފްރީންގެ ގޯހެއް،" ރޯކީ އަށް ދެއްކި ރަތްކާޑާ ގުޅޭ ގޮތުން ޒަވީ ބުންޏެވެ. "އަހަރެން ތެދަށް ބުނާނަމަ އެއީ ހަމައެކަނި ނުހައްގުން ބޭރު ކުރުން."

ރެފްރީންގެ ނިންމުންތައް ބާސާއާ ދެކޮޅަށް އަންނަ ސަބަބެއް ކަމަށް ޒަވީ ގަބޫލު ކުރަނީ، ސްޕޭންގެ އެފްއޭގެ ރެފްރީން ބޮޑީގެ ކުރީގެ ނައިބު ރައީސް ހޯޒޯ މާރިއާ އެންރީކޭޒް ނެގްރެއިރާއާ ބާސާއާ ގުޅުން އޮތުމުން، ރެފްރީން ބާސާ ކޮޅަށް ޖެހިފައި ނެތްކަން ދެއްކުމަށެވެ.

"ރެފްރީންގެ ކިބައިން އަހަރެން އެދެން ލާލީގާގައި ވާދަކުރުމުގެ ފުރުސަތު އަހަރެމެްނަށް ދޭން. މިއީ ބާސާއާ ދެކޮޅަށް ނިންމި ގޯހެއްކަން ސާފުކޮށް އެނގޭ އެ ހަގީގަތް އެންމެންނަށް ވެސް ފެނިގެން އެދިޔައީ،" ރޯކީ އަށް ދެއްކި ރަތް ކާޑް ބާސާއިން އިސްތިއުނާފު ކުރާނެކަން އިއުލާން ކުރަމުން ޒަވީ ބުންޏެވެ.

"އަހަރެމެންނާ ދެކޮޅަށް ރެފްރީންގެ ކަންކަން މި ނިންމަނީ ނެގްރެއިރާގެ މައްސަލައާ ގުޅިގެން، އެއީ އެއްވެސް ޝައްކެއް ނެތް ކަމެއް. އެކަމަކު އަހަރެން ދެން ރެފްރީންގެ ވާހަކައެއް ނުދައްކާނަން."

ބާސާއާ ނެގްރެއިރާއާ ގުޅުން އޮތް ކަމުގެ މައްސަލަ ފެންމަތިވީ، އޭނާ އާ ގުޅުން އޮންނަ ކުންފުނިތަކަކަށް 18 އަހަރު ތެރޭ ބާސާއިން 7.6 މިލިއަން ޑޮލަރު ޖާމާކޮށްފައި ވުމުންނެވެ.

ރެފްރީންގެ ވާހަކަ ޒަވީ މި ދެއްކީ، ރެފްރީންގެ ނިންމުންތަކަށް ރެއާލް މެޑްރިޑް ޓީވީގެ ސަބަބުން ނުފޫޒު ފޯރާކަން އޭނާ ތުހުމަތު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ޕްރީ މެޗު ޕްރެސްގައި ޒަވީ ބުނީ ރެފްރީންގެ ގޯސް ނިންމުންތައް މެޗުގެ ކުރިންނާއި ފަހުން ރެއާލް މެޑްރިޑް ޓީވީން ވަކިން ދައްކާ ކަމަށެވެ.