ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނާ އޮފީސް (އައިކޮމް) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅާފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގެ މައްސަލައެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
23 ޖުލައި 2024
ޖިނާއީ ދައުވާއެއް ކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނާ އޮފީސް (އައިކޮމް) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހަޅާފައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރީގެ މައްސަލައެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއްޔެ ވަނީ ރައީސް އޮފީހުން އެ ކޮމިޝަނަށް ތަބާނުވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ރަސްމީކޮށް ބަލަން ނިންމާފައިވާ ކަން ހާމަކުރައްވައިފަ އެވެ.
އެ މައްސަލައިގައި ޕީޖީން ބުނެފައި ވަނީ އައިކޮމުން ހުށަހެޅި މައްސަލާގައި ޖިނާއީ ކުށުގެ އަމަލެއް ހިންގާފައި ވޭތޯ ބަލައި ގާނޫނުގައި ވާ ގޮތުގެ މަތީން ތަހުގީގުކުރުމަށް ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.
ޕީޖީން ބުނެފައި ވަނީ މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ، ތަހުގީގުގެ ހޯދުންތަކަށް ބަލައި އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ.
އާރްޓީއައި ގެ ދަށުން، ރައީސް އޮފީހުން މަޢުލޫމާތު ނުދީގެން، ޖިނާއީ ދަޢުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން. އެއީ، މި ސަރުކާރު ފެށުމުގެ މާކުރީން ކޮވިޑް ވެކްސިންގެ މަޢުލޫމާތުތަކެއް…
— Heena Waleed (@MvSpokesperson) July 23, 2024
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ރައީސް އޮފީހުން މައުލޫމާތު ނުދީގެން ޖިނާއީ ދައުވާކޮށް ދިނުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީ އަށް ހުށަހަޅަފައިވަނީ މި ސަރުކާރާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.
އެއީ 2022 ވަނަ އަހަރު ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން ހުށަހަޅައި، އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާ މެދު އިސްތިއުނާފުނުކޮށް، އެ ނިންމުމަށް އަމަލު ވެސް ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަ ޝަރުއީ ކޯޓަށް ފޮނުވުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު (އާރުޓީއައި) ހޯދަން ހުށަހަޅާ ވަރު އިތުރުވެފައިވާއިރު، އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވެސް ގިނަ ކަމުގެ ޝަކުވާ ބޮޑެވެ.
ޕީޖީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ބިޝާމް، ޕީޖީގެ މަގާމުން އިސްތިއުފާ ދެއްވައިފި
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒް އައްޔަންކޮށްފި
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި
ބަދަލު ދިނުމާ ގުޅިގެން އިބޫގެ މައްސަލައެއް ބަލަނީ!
"މުވައްޒަފުންގެ ނަން ނުދިނީ ކޯޓުގެ ހުކުމެއް އޮތީމަ"
ޕީޖީގެ މަގާމަށް އައްބާސް ކުރިމަތިލައްވައިފި
އިބޫގެ ދަތުރުފުޅުގެ ރިސިޓް ހާމަކުރަން ނުޖެހޭނެ:ދައުލަތް