Roadha Mihaaru
ނ.އަތޮޅުގެ 5 ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ

ނ. އަތޮޅުގެ ފަސް ރަށަކަށް މާދަމާ ރައީސް ވަޑައިގަންނަވަނީ

03 ޖެނުއަރީ 2022

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އަތޮޅުގެ ފަސް ރަށަކަށް މާދަމާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އަތޮޅުގެ ފަސް ރަށަކަށް މާދަމާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި، މާދަމާ ހެނދުނު ރައީސް ފައްޓަވާ މި ދަތުރުފުޅުގައި އެ އަތޮޅު މާފަރު، ލަންދޫ، މަނަދޫ، މަގޫދޫ އަދި ހޮޅުދު އަށް ވަޑައިގަންނަވާނެ އެވެ.

"މި ދަތުރުފުޅުގައި އެ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކާއި އަދި ރަށްރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނާއި އަދި ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެ،" މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މިއީ މި އަހަރު ރައީސް އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އެންމެފަހުން ވަޑައިގެންނެވީ ކ. މާފުއްޓަށެވެ. އެއީ މާފުށީގެ ޕިކްނިކް އައިލެންޑާއި އެ ރަށުގެ ހިއްކި ބިން ކައުންސިލްއާ ހަވާލުކުރަން މިދިޔަ މަހު 28 ގައި ބޭއްވި ރަސްމިއްޔާތަށެވެ.