ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
24 ފެބުރުއަރީ 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާނީ ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށެވެ. މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ.
ހޯރަފުށީގެ އިތުރުން ހއ. އަތޮޅުން ދެން އެ މަނިކުފާނު ވަޑައިގަންނަވަނީ ތުރާކުނު، އިހަވަންދޫ، ދިއްދޫ، ވަށަފަރު، ކެލާ އަދި ބާރަށަށެވެ.
ހދ. އަތޮޅުން ވަޑައިގަންނަވަނީ ހަނިމާދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ އަދި މަކުނުދޫ އަދި ކުޅުދުއްފުއްޓަށެވެ. ށ. އަތޮޅުން ވަޑައިގަންނަވަނީ ކަނޑިތީމު، މިލަންދޫ، ކޮމަންޑޫ އަދި ފުނަދުއަށެވެ. އަދި ނ. އަތޮޅުން ކެނދިކުޅުދޫ، މިލަދޫ، ހޮޅުދޫ އަދި މަނަދު އަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރައީސްގެ މި ދަތުފުޅުގައި އެކި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އުތުރުގެ ހަތަރު އަތޮޅަށް މިއަދު ދަތުރުފުޅެއް ފެއްޓެވިއިރު، މިދިޔަ ހަފުތާގައި އައްޑު އާއި ފުވަމުއްލަކާއި ގއ. އަދި ގދ. އަތޮޅަށް ވަޑައިގެންނެވި އެވެ. އަދި އޭގެ ކުރިން ތ. އަތޮޅަށް ވެސް ވަޑައިގެންނެވި އެވެ.
އެމަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބޮޑެތި މަޝްރޫއުތަކެއް ވެސް ފައްޓަވައިދެއްވައިފަ އެވެ.
އުތުރުގެ އަތޮޅުތަކުން ޔޫއެންޑީޕީން ހިޔާލު ހޯދަނީ
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ރައީސް ބައްދަލުކުރައްވަނީ
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
މައުމޫނަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފު އަރުވަނީ
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކޮށްފި
ނޮވެމްބަރު 2 ބަންދުކޮށް 4 ދުވަހުގެ ޗުއްޓީއަކަށް
އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ޓެސްޓުހެދޭނެ
ރައީސް ށ. އަތޮޅަށް ފުރާވަޑައިގެންފި