06 ޖެނުއަރީ 2022
ލޯބި/އާއިލީ ފިލްމުތައް ހަދަން ކުޅަދާނަ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ވަރުގަދަ އެކްޝަން ފިލްމެއް ވެސް ޑައިރެޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލޯބި/އާއިލީ ފިލްމުތައް ހަދަން ކުޅަދާނަ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރް މިހާރު ވަރުގަދަ އެކްޝަން ފިލްމެއް ވެސް ޑައިރެޓްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޮޑު ބަޖެޓަކުން ހަދަން ޕްލޭންކޮށްފައިވާ މި ފިލްމުގެ ބަތަލުގެ ރޯލު ކުޅޭނީ ރިތިކް ރޯޝަނެވެ. އޭނާ އަކީ ކަރަންގެ ދެވަނަ ޑައިރެކްޝަނުގެ ގޮތުގައި ގެނެސްދިން 2001 ގެ އަސަރު ގަދަ އާއިލީ ލޯބީގެ ފިލްމު "ކަބީ ހުޝީ ކަބީ ގަމް" ގެ ވެސް މައިގަނޑު އެއް ރޯލު ކުޅުނު އެކްޓަރެވެ.
ރިތިކާ އެކު މުޅިން އަލަށް ކެރިއަރުގެ ފުރަތަމަ އެކްޝަން ފިލްމު ޑައިރެކްޓްކުރަން ކަރަން ތައްޔާރީތައް ވަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏަސް މިކަމާ ބެހޭ އެއްވެސް ވާހަކައެއް ކަރަން އަދި ދައްކާފައެއް ނުވެ އެވެ. އެކަމަކު މި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށްވެ އެވެ.
ކަރަން މިހާރު މަސައްކަތް ފަށާފައި އޮތް ފިލްމަކީ 8 ވަނަ ޑައިރެކްޝަން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ މި ލޯބީގެ ފިލްމުގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.
ކަރަން ބުނެފައިވާ ގޮތުގައި އެ ފިލްމުގެ މަސައްކަތް ނިންމާފައި ދެން ޑައިރެކްޓްކުރާނީ 2018 ގައި އިއުލާންކޮށް، ފަހުން ހުއްޓުމަކަށް އައިސްފައި އޮތް ތާރީހީ ބޮޑު ފިލްމު "ތަޚުތު" ގެ މަސައްކަތެވެ. އެ ފިލްމަކީ އިންޑިއާގައި ކުރިން އޮތް މުގަލް ރަސްކަމުގެ ޒަމާނުގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ.
"ކުޗް ކުޗް ހޯތާ ހޭ" އިން 1998 ގައި ޑައިރެކްޝަނަށް ނުކުތް ކަރަންގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ. އޭނާ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ކަބި އަލްވިދަ ނާ ކެހެނާ (2005)، މައި ނޭމް އިޒް ޚާން (2010) އަދި ސްޓޫޑެންޓް އޮފް ދި އިޔާ (2012) ހިމެނެ އެވެ.
ރިތިކް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި މިހާރު ޝޫޓިން ފަށާފައި އޮތް "ވިކްރަމް ވޭދާ" އާއި ޝޫޓިން ފަށަން ތައްޔާރުވާ "ފައިޓާ" ހިމެނެ އެވެ.
ކަރަންގެ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަނަށް ރިތިކް ކުޅުނު ފިލްމުތަކަކީ "ކަބީ ހުޝީ ކަބީ ގަމް" ގެ އިތުރުން 2012 ގެ "އަގްނީޕަތު" އެވެ.
ރިތިކާއި ކަރީނާ އަލުން އެކީގައި ފެނިދާނެ
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ޝާހިދު ދޫކޮށްލި "ޔޯދާ" ސިދާތާ އެކު ފްރެންޗައިޒަކަށް
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
ކްރިކެޓް ތަރި ޔުވްރާޖްގެ ފިލްމު ކަރަން ނަހަދާނެ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް