Roadha Mihaaru
އާސަންދަ ލިބުނަސް ސަލާން ޖެހުން ނުހުއްޓުނު!

އާސަންދަ ލިބުނަސް ސަލާން ޖެހުން ނުހުއްޓުނު!

30 ޖެނުއަރީ 2022

އައިޑީކާޑު ދައްކާލުމުން ކޮންމެ ދިވެއްސަކަށް ވެސް "ހުސްނުވާ އާސަންދަ" ލިބެ އެވެ. ރާއްޖޭގައި ލިބެން ނެތް ފަރުވާތަކަށް ބޭރުން ފަރުވާ ހޯދަން ބޭނުންވިޔަސް އާސަންދަ ލިބެ އެވެ. މީގެ އިތުރުން އާސަންދައިގެ ތެރޭގައި ނުހިމެނޭ އެތައް ބައްޔަކަށް އެންސްޕާ އިން ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަވެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޑީކާޑު ދައްކާލުމުން ކޮންމެ ދިވެއްސަކަށް ވެސް "ހުސްނުވާ އާސަންދަ" ލިބެ އެވެ. ރާއްޖޭގައި ލިބެން ނެތް ފަރުވާތަކަށް ބޭރުން ފަރުވާ ހޯދަން ބޭނުންވިޔަސް އާސަންދަ ލިބެ އެވެ. މީގެ އިތުރުން އާސަންދައިގެ ތެރޭގައި ނުހިމެނޭ އެތައް ބައްޔަކަށް އެންސްޕާ އިން ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއް ހޭދަވެ އެވެ.

އެކަމަކު ބޭސް ފަރުވާ އަށް ސަލާން ޖެހުމެއް ވެސް ނުހުއްޓެ އެވެ. ސޯޝަލް މީޑިއާ އަށް ބަލާލުމުން، އެހީ އަށް އެދި ކޮންމެ ދުވަހަކު އެތައް ޕޯސްޓެއް ފެނެ އެވެ. ފަންޑު ފޮށިތައް ހުޅުވައި، އެހީ ހޯދުމުގެ އެތައް ބައިވަރު ހަރަކާތްތަކެއް، އިވެންޓްތަކެއް އަންނަނީ ބާއްވަމުންނެވެ. -- ކީއްވެ ހެއްޔެވެ؟

ބޭސްފަރުވާ އަށް ސަލާން ޖަހަނީ ކީއްވެ؟

ސޯޝަލް މީޑިއާ އަށް ބަލާލުމުން، ތަފާތު އެކި ބަލިތަކަށް މީހުން ފައިސާ ހޯދަ އެވެ. އޭގެ ތެރޭގައި، ގަޔަށް ހޫނު ފެން އެޅިގެން ފެށިގެން، ކިޑްނީ އާއި ކެންސަރުގެ ބަލިތައް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ހަމަ ގިނައީ، ވަރަށް އިތުބާރު ކުރެވޭ ޕޯސްޓްތަކެވެ. ބޮޑު ޕަސެންޓެއް ހިމެނެނީ ރާއްޖެ އިން ބޭރުން ހޯދާ ފަރުވާތަކަށެވެ.

އެކަމަކު އާސަންދަ ކުންފުނިން ބުނާ ގޮތުގައި އެންމެ ގިނައިން މީހުން އާސަންދަ ހޯދަނީ ވެސް ކެންސަރާއި ލޮލުގެ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދުމަށެވެ.

ބައެއް މީހުން ބުނި ގޮތުގައި އެހީ އަށް އެދި އާންމުންގެ ކުރިމައްޗަށް ހުއްޓެން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ސަބަބަކީ، ސަރުކާރުން އެހީ ދެނީ ހޮސްޕިޓަލުގެ ސާޖަރީތަކާއި އޮޕަރޭޝަންތަކުގެ އިތުރުން އެޑްމިޓްކޮށްގެން ކުރާ ހަރަދުތަކަށެވެ. ރާއްޖެ އިން ބޭރުން ފަރުވާ ހޯދާ ބަލިތަކަށް އަމިއްލަ ޖީބުން ވެސް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

"އަޅުގަނޑުގެ ބައްޕަ ކެންސަރު ބަލީގައި ވަރަށް ގިނަ ދުވަހު އުޅެފި. ސަރުކާރުން ވެސް ބޮޑު ހޭދައެއް ފަރުވާ އަށް ކުރި. ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންގެ އަތުން ވެސް ލައްކައެއްހާ ރުފިޔާ ހޭދަކުރަން ޖެހުނު،" ނަން ހާމަނުކޮށް، މީހަކު ކިޔައިދިނެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް އާސަންދަ ހޯދުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ޓްރީޓޮޕް ހޮސްޕިޓަލަށް އާސަންދަ ހޯދުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށްދާ މީހަކަށް ފަރުވާގެ ހަރަދަށް ވަކި ލިމިޓެއް ނޯންނަ ކަމަށް، މި ރިޕޯޓަށް މައުލޫމާތު ދެމުން އާސަންދަ ކުންފުނިން ބުންޏެވެ. ރާއްޖެ އިން ލިބެން ނެތް ފަރުވާތަކަށް، ބަލިމީހާ ރާއްޖެއިން ފުރާއިރު 150 ޑޮލަރުގެ ކަވަރޭޖެއް ވެސް ދެ އެވެ. އެއީ އެނދުމަތިނުކޮށް ދެވޭ ފަރުވާތަކަށް ކަމަށާއި އެ ފައިސާ ހުސްވުމުން ނުވަތަ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ ނަމަ، އޭގެ ހުއްދަ އަށް އެދި ފޮނުވުމުން އާސަންދައިން އެ މީހެއްގެ ފަރުވާގެ ފައިސާ ހަމަޖައްސާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކަމަކު، ބައެއް މީހުން އާސަންދަ ނުލިބިދާނެ ކަމަށް ބަލައިގެން ވެސް އެހީގެ ޕޯސްޓުތައް ހަދައިގެން ސޯޝަލް މީޑިއާގައި ދައުރުކުރެ އެވެ. އެހީ ހޯދަމުން އަންނަ ބައެއް މީހުން ބުނި ގޮތުގައި އެހީ ހޯދަން މަޖުބޫރު ވަނީ އާސަންދަ އަށް އެދުމުން ވެސް އެ މީހުންނަށް އެހީ ނުލިބިދާނެތީ އެވެ. ނުވަތަ އެހީ ލިބުމުގައި ލަސްވާތީ ފަރުވާ ލަސްވެދާނެ ކަމުގެ ބިރަށެވެ.

"މިދިޔަ އަހަރު ފަހުކޮޅު ބޭހަށް ދިއުމުން ޑޮކްޓަރު ބުނީ ދެމަސް ކޮށްފައި އަންނަން ރިވިއުއަށް. އެކަމަކު ލިޔުމެއް ނެތީމަ އަޅުގަނޑުމެން ޖެހެނީ މާލެއަށް ގޮސްގެން ޑޮކްޓަރަކަށް ދައްކައިގެން އެ ޑޮކްޓަރު އެޕްރޫވްކުރިއްޔާ އާސަންދަ އަށް ހުށަހަޅަން."

"މިދިޔަ އަހަރު ފަހުކޮޅު ބޭހަށް ދިއުމުން ޑޮކްޓަރު ބުނީ ދެމަސް ކޮށްފައި އަންނަން ރިވިއުއަށް. އެކަމަކު ލިޔުމެއް ނެތީމަ އަޅުގަނޑުމެން ޖެހެނީ މާލެއަށް ގޮސްގެން ޑޮކްޓަރަކަށް ދައްކައިގެން އެ ޑޮކްޓަރު އެޕްރޫވްކުރިއްޔާ އާސަންދަ އަށް ހުށަހަޅަން. އަދި ލިބޭނެ ކަމެއް ވެސް ނޭނގޭތީ އާއި މާލެއަށް ގޮސް ހުރުމަށް ވެސް ފައިސާ ދާނެތީ އެހީ ހޯދަމުން މިދަނީ،" މިހާރު ވެސް ސޯޝަލް މީޑިއާގައި އެހީ ހޯދަމުން އަންނަ މީހެއްގެ އާއިލާ މީހަކު ބުންޏެވެ.

އެކަމަކު އާސަންދައިން ބުނާ ގޮތުގައި ލިޔެކިޔުންތައް ފުރިހަމަައަށް ހުށަަހަޅާނަމަ، އެހީއަށް އެދޭތާ މާގިނަ ދުވަސްތަކެއް ނުވެ، އެ ކުންފުނިން އެހީ ހަމަޖައްސަ އެވެ.

އެންސްޕާ އިން ބުނާ ގޮތުގައި އަހަރަކު 10،000 އަށް ވުރެ ގިނަ ފޯމު އެތަނަށް ލިބޭ. މިދިޔަ އަހަރު އެތަނުން 110 މިލިއަން ރުފިޔާ ވަނީ ފަރުވާ އަށް އެހީ ދީފައި.

އާސަންދަ އިން ކަވަރު ނުކުރާ، އަދި ބޭސްފަރުވާ ކުރުމުގައި ދަތިވެފައިވާ މީހުންނަށް އެހީވެދޭ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނި ގޮތުގައި ބޭސް ފަރުވާގެ އެހީއަށް އެދި އަހަރެއްގެ މައްޗަށް 10،000 އަށް ވުރެ ގިނަ ފޯމު އެ އެޖެންސީ އަށް ހުށަހަޅަ އެވެ. އެ އެޖެންސީން މިދިޔަ އަހަރު ބޭސް ފަރުވާގެ އެހީގެ ގޮތުގައި 110 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އެންސްޕާ އިން ބުނީ އެތަނުން ފޯރުކޮށްދޭ ބޭސް ފަރުވާގެ އެހީ ޕްރޮގްރާމަކީ ވަކި ބައްޔަކަށް އަމާޒުކޮށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި ސިއްހީ ފަރުވާތަކަށް ބޮޑެތި ހަރަދުކުރަން ޖެހޭ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން އަދި ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަންޖެހޭ މީހުންނަށް ފަރުވާ މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ލުއި އުސޫލެއް ހޯދައިދޭން ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ގިނަ މީހުން އެހީ ހޯދަނީ ހުރުމާއި ކެއުމަށް!

އާސަންދައިން ކަވަރު ކުރަނީ ހޮސްޕިޓަލުގެ ހަރަދުތައް އެކަންޏެވެ. ބަލި މީހާ ގޮވައިގެންދާ މީހުންނާއި އެ މީހުންގެ ކެއުމާއި ހުރުމުގެ ހުރިހާ ކަމެއް ހަމަޖައްސަން ޖެހެނީ އެ ބައެއްގެ އަމިއްލަ ހަރަދުގަ އެވެ. އެއީ ކިތަންމެ ދުވަހަކު ހުންނަން ޖެހުނަސް އަމަލުކުރަމުން އަންނަ ގޮތެވެ.

އާސަންދައިން ބުނީ އެ ކުންފުނީގެ އެހީގައި ރާއްޖެއިން ބޭރަށް ފޮނުވާ އެއްވެސް ބަލިމީހަކަށް ބޭސް ފަރުވާއަށް ބޭނުންވާ ހަރަދު ހަމަނުޖެހި ނުދާނެ އެވެ. އެކަމަކު ސްކީމްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް އާސަންދައިން ލަފާދޭ ހޮސްޕިޓަލު ނޫން އަދި ސްކީމްގެ ކަވަރޭޖް ލިބޭ އަގު ބޮޑު އެހެން ހޮސްޕިޓަލަކަށް ބަލިމީހާ ދާނަމަ، ކަވަރޭޖް ދެވޭނީ ސްކީމްގެ ތެރެއިން ހަމަޖެހިފައިވާ އަގާ ހަމައަށް ކަމަށް ބުނެ އެވެ.

ބައެއް ފަހަރު ބިލްތައް ދައްކަން ޖެހޭ ހިސާބުން ސްކީމުން ކަވާ ކުރެވޭ ބައި ނޫން ބާކީ ބައި ދައްކަން އެހެން ފަރާތްތަކުގެ އެހީއަށް އެދޭ ހާލަތު އާދޭ. އެކަމަކު ކޮންމެ ހޮސްޕިޓަލަކުން ފަރުވާ ހޯދިކަމުގައިވިޔަސް، އަގުގެ ތަފާތެއް ހުއްޓަސް ބޭހަށް ކުރާ ހަރަދުގެ ކަވަރޭޖް ދޭނެ -- އާސަންދަ

"މިގޮތަށް އެހެނިހެން ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ފަރާތްތަކުން ފުރުމުގެ ކުރިން މީގެ މައުލޫމާތު ހިއްސާކުރެވި، އެކަމަށް އެއްބަސްވެގެން ބަލިމީހާ އެދުނު ހޮސްޕިޓަލަށް ހަމަޖައްސައި ދިން ނަމަވެސް، ބައެއް ފަހަރު ބިލްތައް ދައްކަން ޖެހޭ ހިސާބުން ސްކީމުން ކަވާ ކުރެވޭ ބައި ނޫން ބާކީ ބައި ދައްކަން އެހެން ފަރާތްތަކުގެ އެހީއަށް އެދޭ ހާލަތު އާދޭ. އެކަމަކު ކޮންމެ ހޮސްޕިޓަލަކުން ފަރުވާ ހޯދިކަމުގައިވިޔަސް، އަގުގެ ތަފާތެއް ހުއްޓަސް ބޭހަށް ކުރާ ހަރަދުގެ ކަވަރޭޖް ދޭނެ،" އާސަންދައިން ބުންޏެވެ.

ބޭހަށް ކުރާ ހުރިހާ ހަރަދެއް ހަމަޖެއްސުމުން ވެސް މީހުން އެހީއަށް އެދެނީ އާސަންދައިން ގަބޫލުކުރާ ގޮތުގައި ބަލިމީހާ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި މަޑުކުރަންޖެހިއްޖެނަމަ، ހުރުމާއި ކެއުމަށް ފައިސާ ބޭނުންވާތީ އެވެ.

އައިޖީއެމްއެޗް ތެރޭގައި އިންނަ އެސްޓީއޯ ފާމަސީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އައިޖީއެމްއެޗް ތެރޭގައި އިންނަ އެސްޓީއޯ ފާމަސީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެހީ ހޯދަމުން އަންނަ މީހުން ވެސް ބުނަނީ އެގޮތަށެވެ. ބައެއް ފަހަރު ގޮވައިގެންދާ ބަލި މީހާއަކީ ވަރަށް ހާލަތު ގޯސް ބަލި މީހެއް ނަމަ، އޭނާ ބެލުމަށް ދެ މީހަކު ނޫނީ އެއަށް ވުރެ އިތުރަށް ވެސް ދެ އެވެ. މިގޮތަށް ގޮސް އުޅޭއިރު ކުއްޔަށް ހިފައިގެން އުޅޭ ތަނުގެ ހަރަދާއި ކޮންމެ ދުވަހަކު ހޮސްޕިޓަލާ ދެމެދު ކުރާ ދަތުރުތަކުގެ އަގާއި ކެއުން ބުއިމުގެ ހަރަދުތަކަށް ވެސް ބޮޑު ހޭދައެއް އަރަ އެވެ.

"މި ހުރިހާ ހަރަދުތަކެއް ކުރާނެ ތަނަވަސްކަން ނެތީމަ އާންމުންގެ އެހީތެރިކަމަށް އެދެނީ. ކެންސަރު ކަހަލަ ބޮޑެތި ބަލިތަކަށް ގޮސް ހައެއްކަ މަސް ދުވަހު މިކޮޅުގައި މަޑުކުރާއިރު ވަރަށް ހަރަދުދޭ. ބޭހަށް މިދަނީ ވެސް ނޯޕޭ ލީވް ނަގައިގެންވީމަ ނޯވެ އެއްވެސް އާމްދަނީއެއް ލިބޭނެ ގޮތެއް،" ކެންސަރު ޖެހިފައިވާ ދަރިފުޅު ގޮވައިގެން ބޭހަށް އިންޑިއާ އަށް ދިޔަ މީހަކު ބުންޏެވެ.

އެހީގެ ޕޯސްޓްތައް ލިޔާއިރު އާންމުކޮށް ބަލި މީހުންގެ އާއިލާއަށް ގުޅައި މައުލޫމާތު ހޯދާއިރު ވެސް އެމީހުން ދައްކާ އެއް ވާހަކައަކީ އެއީ އެވެ. އާންމުންގެ ފަރާތުން ފައިސާގެ އެހީއަށް އެދެން ޖެހެނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.