Roadha Mihaaru
ކާތިކް ބޭނުމީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެން

ކާތިކް ބޭނުންވަނީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެލަން

09 ޖެނުއަރީ 2022

ފިލްމެއްގައި ކްރިކެޓް ތަރިއެއްގެ ރޯލު ކުޅޭ ނަމަ އެންމެ ބޭނުން ވަނީ ވިރާޓް ކޯލީގެ ރޯލު ކުޅެން ކަމަށް ޒުވާން ބަތަލި ކާތިކް އަރުޔަން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމެއްގައި ކްރިކެޓް ތަރިއެއްގެ ރޯލު ކުޅޭ ނަމަ އެންމެ ބޭނުން ވަނީ ވިރާޓް ކޯލީގެ ރޯލު ކުޅެން ކަމަށް ޒުވާން ބަތަލި ކާތިކް އަރުޔަން ބުނެފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ވިރާޓަކީ އަބަދު ވެސް ވަރަށް ގަޔާވާ ކްރިކެޓް ކުޅުންތެރިންއެއް ކަމަށާއި އޭނާގެ ބަޔޮގްރެފިކަލް ޑްރާމާއެއް ކުޅެން ލިބޭނެ ކަމަށް އުންމީދު ވެސް ކުރާ ކަމަށެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެ ނަމަ ދެވަނަ ވިސްނުމަކަށް ވެސް ނުގޮސް އެއަށް ވަގުތުން އެއްބަސްވާނެ ކަމަށް ބުންޏެވެ.

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ ވިރާޓަކީ މި ވަގުތު އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކެވެ. އޭނާގެ ބަޔޮޕިކް ކުޅެން ކާތިކް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އަދި މިހާތާނަށް ވިރާޓްގެ ބަޔޮގްރެފިކަލް ޑްރާމާއެއް ހެދުމުގެ ވާހަކަތަކެއް ރަސްމީ ސިފައެއްގައި ދެކެވިފައެއް ނުވެ އެވެ.

ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ވިރާޓްގެ އަންހެނުން އަނުޝްކާ މިހާރު ފިލްމެއްގައި އިންޑިއާގެ އަންހެން ކްރިކެޓް ތަރިއެއްގެ ރޯލު ކުޅެން ތައްޔާރުވަމުން އަންނަ ކަމެވެ. އެއީ ޖޫލާންގެ ގޮސްވާމީގެ ބަޔޮގްރެފިކަލް ޑްރާމާ "ޗަކްދާ އެކްސްޕްރެސް" އެވެ.

މި ފަހުން އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރިއަކަށް ހެދި އެންމެ ކާމިޔާބު ފިލްމަކީ އެމްއެސް ދޯނީގެ ބަޔޮގްރެފިކަލް ޑްރާމާ އެވެ. އޭގައި ދޯނީގެ ރޯލު ކުޅުނީ 2020 ގައި ދަންޖެހިގެން މަރުވި ސުޝާންތު ސިންގް ރާޖްޕޫތެވެ.

ނޮވެމްބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން "ދަމާކާ" އަށް ފަހު ކާތިކް، 31، ދެން އެންމެ އަވަހަށް ފެންނަން އޮތް ފިލްމަކީ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ. އޭނަގެ އަތުގައިި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ޝެހެޒާދާ"، "ފްރެޑީ"، "ކެޕްޓަން އިންޑިއާ" އަދި "ސަތިއަނާރަޔަން ކީ ކާތާ" ހިމެނެ އެވެ.