Roadha Mihaaru
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް

އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް

18 ޖުލައި 2021

މި ފަހުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ވާހަކަ އަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން ބަލަން ގެންގުޅޭ ނެނީ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަހު މުސާރައާ ގާތްކުރާ އަދަދެއް މަހު މުސާރައިގެ ގޮތުގައި ލިބޭ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ފަހުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ވާހަކަ އަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅު ތައިމޫރް އަލީ ޚާން ބަލަން ގެންގުޅޭ ނެނީ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަހު މުސާރައާ ގާތްކުރާ އަދަދެއް މަހު މުސާރައިގެ ގޮތުގައި ލިބޭ ވާހަކަ އެވެ.

މި ފަހަރު އަނެއްކާ ވެސް މަޝްހޫރު ސެެލްބްރީންތަކެއްގެ ބޮޑީގާޑެއްގެ ބޮޑު މުސާރައިގެ ވާހަކަ މީޑިއާތަކުން ވަނީ ދައްކަން ފަށައިފަ އެވެ. އިންޑިއާގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ، ކްރިކެޓް ތަރި ވިރާޓް ކޯލީގެ ބޮޑީގާޑް ޕްރަކާޝް ސިންގް (ސޯނޫ) އަށް އަހަރަކަށް މުސާރައިގެ ގޮތުގައި 1.2 ކްރޯޑް ރުޕީސް (160,186 ޑޮލަރު) ލިބެ އެވެ. އެއީ ދިވެހި ރުފިޔާ އިން ނަމަ 2.5 މިލިއަން ރުފިޔާ އެވެ.

ސޯނޫގެ މުސާރައިގެ ވާހަކަ ބޮޑުކުރި މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާގެ ޖީބަށް އަހަރަކު ވަންނަ އަދަދަކީ ބޮޑެތި ކުންފުނިތަކުގެ ސީއީއޯ ފެންވަރުގެ މީހުން ވެސް ވިސްނައިލުން ރަނގަޅު ކަމަކަށް ވާނެ އެވެ.

އަނުޝްކާ އާއި ވިރާޓަކީ ވަރަށް މަޝްހޫރު ސެލެބްރިޓީންނަށްވެފައި އެ މީހުން ދާ ކޮންމެ ތާކުން ގިނަ އަދަދެއްގެ ފޭނުން ޖަމާވެ، ހަށިފުރާނަ ހިމާޔަތްކުރަން ބޮޑު އިސްކަމެއް ދޭން ޖެހޭތީ ބޮޑީގާޑްގެ ދައުރު އަބަދު ވެސް ވަރަށް ބޮޑެވެ. އަނެއްކޮޅުން ބޮޑީގާޑަށް ބޮޑު އަގެއް ދިނުމަކީ ވިރާޓާއި އަނުޝްކާ އަށް މާ ބޮޑު ކަމެއް ވެސް ނޫނެވެ.

އަނުޝްކާ އާއި ވިރާޓްގެ ކުރީގައި ބޮޑީގާޑް ސޯނޫ.

އަނުޝްކާ އާއި ވިރާޓްގެ ކުރީގައި ބޮޑީގާޑް ސޯނޫ.

ދެ ތަރިންގެ މިލްކިއްޔާތު އެއްކޮށްލުމުން 1،200 ކްރޯޑް ރުޕީސް (160,186 ޑޮލަރު) އަށް އަރަ އެވެ. އަނުޝްކާ އަކީ ބޮލީވުޑުން ބޮޑު އާމްދަނީ ލިބޭ ބަތަލާއިންގެ ތެރެއިން އެކަކަށްވެފައި، އިޝްތިހާރުކޮށްދޭ ގިނަ ބްރޭންޑްތަކުން ވެސް ބޮޑު އަގެއް ލިބޭ ބަތަލާއެކެވެ. އަދި އަމިއްލަ ފިލްމު ކުންފުންޏެއް ހިންގުމުގެ އިތުރަށް އެހެނިހެން ބައެއް ވިޔަފާރިތައް ވެސް އޭނާ ކުރެ އެވެ.

ހަމަ އެގޮތަށް ކްރިކެޓުން ބޮޑު އާމްދަނީއެއް ވިރާޓަށް ލިބޭ އިރު، ބްރޭންޑްތައް އިޝްތިހާރުކޮށް ދީގެންނާއި އަމިއްލަ ވިޔަފާރިތަކުން ވެސް އޭނާ އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

އަނުޝްކާ އާއި ވިރާޓްގެ މިހާރު ދަރިޔަކު ވެސް އޮތުމުން ބޮޑީގާޑް ސޯނޫގެ ދައުރު އަދި ކުރިއަށް ވުރެ ވެސް ބޮޑުވާނެ އެވެ. އެހެންވެ އޭނާގެ މުސާރަ އަދިވެސް ބޮޑުވުމަކީ ހަމަ، ވުން އެކަށީގެންވާ ކަމެކެވެ.