ރާއްޖެއަށް 1.7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
09 ޖެނުއަރީ 2022
ރާއްޖެއަށް 1.7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދައުވާލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ބަންގްލަދޭޝްގެ މީހަކު ޖޫން، 2018 ގައި ރާއްޖެ އައިއިރު އޭނާގެ ދަބަސް ތެރޭގައި އޮތް ދެ ބެޑްޝީޓެއްގެ ތެރެއިން 1.7 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ. އެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ކުރީ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އެ ދަބަހަކީ މީހަކާ ހަވާލުކުރަން އެހެން މީހަކު ދިން ދަބަހެއް ކަމަށް ބުނާއިރު ފުލުހުން އެކަން ބެލުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އެނގޭ ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ނުދެއްކޭ ކަމަށާއި އެހެންވެ، އެ ދަބަހުގައި މަސްތުވާތަކެތި ހުރީ އެ މީހާއަށް އެނގިގެން ކަމާ މެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އެ މީހާއަށް އެނގޭ ކަމުގެ ހެކި ދައްކަން ނުޖެހޭނެ ކަމަށް ދައުލަތުން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު މީހެއްގެ ބެލުމުގެ ދަށުން މަސްތުވާތަކެތި ފެނުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް ކުށް ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދަބަހުގައި މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް ފޮރުވާފައިވާ ކަމަށް ވާތީ އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން އެނގޭކަމުގެ ހެކި ދެއްކުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
އުޅުނީ 6 ކިލޯގެ ޑްރަގާ އެކަކު ހަވާލުވެ ސަލާމަތްވާން!
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 7މީހުން ދޫކޮށްލައިފި