Roadha Mihaaru
އުޅުނީ 6 ކިލޯގެ ޑްރަގާ އެކަކު ހަވާލުވެ ސަލާމަތްވާން!

ޑްރަގްސް އެތެރެކުރި މީހުން އުޅުނީ އެކަކު ތަކެއްޗާ ހަވާލުވެ އެހެން މީހުން ސަލާމަތްކުރަން!

31 ޖުލައި 2019

ޑްރަގުގެ ވަރުގަދަ ޑީލަރަކާ އެކު ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުން އުޅުނީ އެކަކު އެ ތަކެއްޗާ ހަވާލުވެ އެހެން މީހުން ސަލާމަތްކޮށްދޭން ކަން އެނގިއްޖެ އެވެ.

ޑްރަގުގެ ވަރުގަދަ ޑީލަރަކާ އެކު ހަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުން އުޅުނީ އެކަކު އެ ތަކެއްޗާ ހަވާލުވެ އެހެން މީހުން ސަލާމަތްކޮށްދޭން ކަން އެނގިއްޖެ އެވެ.

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު އިއްޔެ ހައްޔަރުކުރި އެވެ. މި މީހުން އަތުލައިގަތް އިރު އެ މީހުންގެ ކޮނޑުގައި އަޅައިގެން ތިބި ދަބަސްތަކުން ހަ ކިލޯގެ ޑްރަގްސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި އެންމެންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަ ކިލޯގެ މަސްތުވާތަކެއްޗާ އެކަކު ހަވާލުވެ ދެން ތިބި މީހުން ސަލާމަތްކުރަން ވަނީ މަސައްކަތްކޮށްފަ އެވެ. ސަލާމަތްކުރަން މަސައްކަތް ކުރި މީހުންގެ ތެރޭގައި ޑީލަރު ވެސް ހިމެނެ އެވެ.

އެކަމަކު ކްރިމިނަލް ކޯޓުން ވަނީ ފަސް މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފަ އެވެ.

މި މީހުން ހައްޔަރުކުރީ ފުލުހުން ހއ. އަތޮޅާ ހިސާބުން ފާރަލަމުން އައިސް މާލޭގެ ޓީޖެޓީ ސަރަހައްދުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ހަތަރު ރަބަރުގަނޑު މި މީހުންގެ އަތުން ވަނީ ފެނިފަ އެވެ.

މި އޮޕަރޭޝަން ފެށީ ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެންނެވެ. މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފަހަކަށް އައިސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. އަދި މި ވިޔަފާރީގައި އިސްކޮށް އުޅޭ މީހުން ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.