10 ޖެނުއަރީ 2022
ޅ. ކުރެންދޫގައި ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ޅ. ކުރެންދޫގައި ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ބީއެމްއެލް އިން އެ ރަށުގައި ހުޅުވި ސެލްފް ސާވިސް އޭޓީއެމް ސެންޓަރާ އެކު 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ބިލުތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބޭނެ އެވެ.
ޅ. އަތޮޅުގެ ތިން ރަށެއްގައި މިހާރު ސެލްފް ސާވިސް ބޭންކިން ހިދުމަތް ވަނީ ފަށައިފަ އެވެ. އެއީ އެ އަތޮޅު ނައިފަރާއި ހިންނަވަރު އަދި ކުރެންދޫ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ ކުރެންދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފެށީ ބޭންކުގެ ހިދުމަތް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި މި އޭޓީއެމް ސެންޓަރުގެ ސަބަބުން ކުރެންދޫ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެލް ސާވިސް ބޭންކިން ހިދުމަތް ތައާރަފްކޮށް ކުރެންދޫގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހި ބޭންކިން ހިދުމަތް ހޯދުމަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެންދާނެ." އައިޝަތު ވިދާޅުވި އެވެ.
ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 77 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި، 135 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން މެދުވެރިކޮށް ބޭންކިން ހިދުމަތް ދެމުންނެވެ.
މަޑުއްވަރީގައި ވެސް ބީއެމްއެލް އޭޓީއެމް ބަހައްޓައިފި
ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް
ދަނގެތީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
މަކުނުދޫގައި ސެލްފްސާވިސް އޭޓީއެމެއް ބަހައްޓައިފި
އުކުޅަހުގައި ބީއެމްއެލް ސެލްފްސާވިސް ސެންޓަރެއް
ބީއެމްއެލުން ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް
ބީއެމްއެލުން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދުވާފަރުގައި ފަށައިފި
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް