ބީއެމްއެލް އިން ހދ. މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
09 އެޕްރީލް 2021
ބީއެމްއެލް އިން ހދ. މަކުނުދޫގައި ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
މި އޭޓީއެމާއެކު މިހާރު އެ ރަށުގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ މީހުންނަށް ފައިސާ ނެގުމާއި ޖަމާ ކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މަކުނުދޫއާއެކު މިހާރު ބީއެމްއެލް އިން އަންނަނީ ހދ. އަތޮޅުގެ ތިން ރަށެއްގައި ސެލްފްސާވިސް އޭޓިމްގެ ހިދުމަތް ދެމުންނެވެ. މީގެ ތެރޭގައި އެ އަތޮޅުގެ ކުޅުދުއްފުއްޓާއި ހަނިމާދޫ ހިމެނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ އެ އަތޮޅުގައި ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ހުޅުވި އޭޓީއެމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން ރަށްތަކުގައި ވެސް މި ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބޭންކުން މިވަނީ 11 ރަށެއްގައި އަލަށް ސެލްފްސާވިސް އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް، ސެލްފް ސާވިސް ހިދުމަތްތައް ލިބޭނެހެން ބަދަލުނެެގެސްފައި،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗާއި 68 ސެލްފް ސާވިސް ސެންޓަރުގެ އިތުރުން 129 އޭޓީއެމް ހުޅުވައިފަ އެވެ. އަދި އެ ބޭންކުގެ 200އަށްވުރެ ކޭޝް އޭޖެންޓުން މެދުވެރިކޮށް އޭޓިއެމްގެ ހިދުމަތް ނުލިބޭ ރަށްތަކުގައި ވެސް އަންނަނީ ބޭންކުގެ ހިދުމަތް ދެމުންނެވެ.
މަޑުއްވަރީގައި ވެސް ބީއެމްއެލް އޭޓީއެމް ބަހައްޓައިފި
ކުރެންދޫގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފަށައިފި
ދެއްވަދޫގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް
ދަނގެތީގައި ބީއެމްއެލްގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
އުކުޅަހުގައި ބީއެމްއެލް ސެލްފްސާވިސް ސެންޓަރެއް
ބީއެމްއެލުން ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް
ބީއެމްއެލުން ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއް ހުޅުވައިފި
ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ވިލިމާލެ އަށް
ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދުވާފަރުގައި ފަށައިފި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް