Roadha Mihaaru

ބީއެމްއެލުން ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި

ބީއެމްއެލުން އއ. ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލުން ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް
އިދުހާމް ނައީމް
އިދުހާމް ނައީމް

26 އޮކްޓޯބަރ 2020

ބީއެމްއެލުން އއ. ތޮއްޑޫގައި ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.

މިއީ ބީއެމްއެލުން އަތޮޅުތެރޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށާއި މުޖުތަމައަށް އެހީވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ. މި ސެންޓަރާއެކު އއ. އަތޮޅުގެ ދެ ރަށަކުން މިހާރު ބޭންކުގެ ހިދުމަތް ލިބޭނެ އެވެ.

މި ސެންޓަރު މެދުވެރިކޮށް، ވިޔަފާރިވެރިންނަށާއި އާއްމު ފަރުދުންނަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމާއި ފައިސާ ދެއްކުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލުން ބުނީ މި ސެންޓަރުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް ބޭންކިން ހިދުމަތް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވާނެ ކަމަށެވެ. ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗުތަކަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ވަނީ ދާދި ފަހުން ނ. ކެނދިކުޅުދޫ އަދި ތ. ތިމަރަފުށީގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފަ އެވެ.