ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭތޯ ބެލުމަށް ހަދަމުން އަންނަ ޕީސީއާރު ޓެސްޓް މިހާރަށް ވުރެން ފަސޭހައިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
11 ޖެނުއަރީ 2022
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭތޯ ބެލުމަށް ހަދަމުން އަންނަ ޕީސީއާރު ޓެސްޓް މިހާރަށް ވުރެން ފަސޭހައިން ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކޮށްފި އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ އެޗްޕީއޭ އިން ކުއްލިއަކަށް ހަރުކަށި ކުރި ފިޔަވަޅުތަކާ އެކު ޕީސީއާރު ހެދުމުގައި އާއްމުންނަށް ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. މާލެއިން ރަށްރަށަށް ދާން ޕީސީއާރު ހަދަން މަޖުބޫރުކުރުމާ އެކު ގިނަ ބަޔަކު ކިޔޫ ޖެހިގެން ޓެސްޓް ހަދަން ޖެހުނެވެ.
މި ޓެސްޓް ހިލޭ ހެދުމުގެ ފުރުސަތު ފަސޭހަ އިން ފަހިވެފައި ނެތް އިރު އަގު ބޮޑުކޮށް ކްލިނިކްތަކުން ހަދަން ޖެހޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކޮވިޑު ޓެސްޓު ހެދުމުގައި މިހާރަށް ވުރެން އާއްމުންނަށް ފަސޭހަކުރަން ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވައިފަ އެވެ. އެކަމަކު ޓެސްޓް ފަސޭހަކުރަން އަޅަން ނިންމި ފިޔަވަޅުތަކެއް ހާމައެއް ނުކުރެ އެވެ.
ވަޒީރުން މަޝްވަރާ ކުރެއްވި އަނެއް ކަމަކީ ކޮވިޑުގެ ބޫސްޓަ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފުޅާކުރާއިރު، ކުރު މުއްދަތެއްގައި ގިނަ ބަޔަކަށް ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖައްސައި އާންމުންނަށް ލުއިވާނެ ގޮތަކަށް ކަންކަން ކުރުމެވެ. އާއްމުންނަށް ހުޅުވާލައިގެން ބޫސްޓަ ޑޯޒު ޖަހަން ފަށާ ގޮތަށް މިހާރު އޮތީ މި މަހުގެ މެދު ތެރޭގަ އެވެ.
މުޅި ރާއްޖޭގައި ވެސް ކޮވިޑްގެ ކޭސްތައް މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ. މާލޭގެ ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓުން މައްޗަށް އަރާފައިވާތީ މާލެއިން އެހެން ރަށްތަކަށް ދަތުރުކުރެވެނީ ނެގެޓިވް ނަތީޖާއެއް ހިފައިގެންނެވެ.
މާލޭގައި މި ވަގުތު ހިލޭ ކޮވިޑަށް ޓެސްޓުކުރެވެނީ އެފްއޭއެމްގެ އިމާރާތާއި ތާޖުއްދީން ސްކޫލުގަ އެވެ. ކްލިނިކްތަކާއި ލެބޯޓްރީތަކުން ކޮވިޑު ޓެސްޓް ހަދައިދެނީ 400 އަށްވުރެ ބޮޑު އަގެއްގަ އެވެ.
މީގެ ކުރިން ވެކްސިން ކިއުތަކުން ވެސް ފެނިގެންދިޔައީ މިފަދަ މަންޒަރެކެވެ. ވަޒީރުންގެ މަޖިލީހުގައި ބޫސްޓާ ޑޯޒް ޖެހުމަށް ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމުގެ މަޝްވަރާ މިކުރީ އެހެންވެ ކަމަށް ބެލެވެ އެވެ.
ވަޒީރުންނާ ސުވާލުކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެރޭ
ރާއްޖެ "ނިއު ނޯމަލް" އަށް ގެނެވިއްޖެ: ރައީސް
ރައީސް، ނައިބު އަދި ވަޒީރުންގެ މާލީ ބަޔާން ހާމަކުރަނީ
ބައެއް މިނިސްޓްރީތައް އެއްކޮށްލައި، ބަދަލުތަކެއް
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމުގެ ވިސްނުމެއް ނެތް
ބޭހުގެ ފެންވަރު ކަށަވަރުކުރަން ގާބިލްކަން އިތުރުކުރަނީ
ރުހުން ނުދިން ތިން ވަޒީރުން އަލުން އައްޔަންކުރައްވައިފި
ރައީސާއި ވަޒީރުން ރައްޔިތުންގެ ކުރިމައްޗަށް!