ހޮލީވުޑްގެ މަޝްހޫރު ސުޕަހީރޯ ފިލްމު "އެކުއަމޭން" ގެ ޓައިޓަލް ރޯލު ކުޅުނު އެކްޓަރު ޖޭސަން މޮމޯއާ އަންހެނުން ލީސާ ބޮނޭ ވަރިވެއްޖެ އެވެ.
14 ޖެނުއަރީ 2022
ހޮލީވުޑްގެ މަޝްހޫރު ސުޕަހީރޯ ފިލްމު "އެކުއަމޭން" ގެ ޓައިޓަލް ރޯލު ކުޅުނު އެކްޓަރު ޖޭސަން މޮމޯއާ އަންހެނުން ލީސާ ބޮނޭ ވަރިވެއްޖެ އެވެ.
އެ ދެ މީހުން ގުޅިގެން ނެރުނު ބަޔާނެއްގައި މިކަން ހާމަކޮށް ބުނީ ކައިވެނީގެ ގުޅުން ނިމުމަކަށް އަޔަސް ދަރިންނާއި އާއިލީ ކަންކަމުގައި އެކީގައި ހިއްސާވާނެ ކަމަށެވެ. އަދި ކައިވެނި ރޫޅުނަސް އަބުރުވެރިކަން ދަމަހައްޓާނެ ކަމަށާއި އެކީގައި ހޭދަކުރެވުނު ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން އެކީގައި ހިއްސާކުރަން ލިބުނު ކަމަށެވެ.
ޖޭސަން، 42 އާއި ލީސާ، 54، ކައިވެނިކުރީ 2017 ގަ އެވެ. އެ ދެ މީހުން އެންމެ ފުރަތަމަ ބައްދަލުވީ 2005 ގަ އެވެ. އެ ދެމީހުންނަށް ދެ އަންހެން ދަރިން ލިބިފައިވެ އެވެ. އެއީ ލޯލާ ލޮލާނީ މޮމޯއާ، 14، އާއި ނަކޯއާ ވުލްފް، 13، އެވެ.
ފިލްމުތަކާއި ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވާ ލީސާ އަކީ ކުރީގެ ކައިވެންޏަށް ވެސް އަންހެން ދަރިޔަކު ހުރި މީހެކެވެ. އެއީ ހޮލީވުޑްގެ ބަތަލާ ޒޯއީ ކްރެވިޒް، 33، އެވެ. އޭނާގެ ބައްޕަ އަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ ލެނީ ކްރެވިޒް އެވެ. ލީސާ އާއި ލެނީ 1987 ގައި ކުރި ކައިވެނި ރޫޅުނީ 1993 ގަ އެވެ.
ކައިވެނީގެ ގުޅުން ނިމުމަކަށް ގެންނަން ނިންމި އިރު ޖޭސަންގެ އެކުއަމޭންގެ ދެ ވަނަ ފިލްމު "އެކުއަމޭން އެންޑް ދަ ލޮސްޓް ކިންޑަމް" މި އަހަރުގެ ޑިސެމްބަރު 16 ގައި ސިނަމާތަކަށް އަންނާނެ އެވެ. އޭނަގެ ދެ ފިލްމެއް މިދިޔަ އަހަރު ރިލީޒްވި އެވެ. އެއީ "ސްވީޓް ގާލް" އާއި "ޑޫން" އެވެ.
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
އާމިރާއި ސަންޖީދާ ވަރިވެއްޖެ
އާނޯލްޑްގެ ކައިވެނި އެންމެ ފަހުން ނިމުމަކަށް
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
ކައިވެނި ރޫޅުމަކީ ލަދުވެތިކަމެއް: އެޑެލް