ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އިންޑިއާގެ ދެމަފިރިން ކަމަށްވާ އާމިރު އަލީ އާއި ސަންޖީދާ ޝައިހް މިހާރު ވަރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
08 ޖެނުއަރީ 2022
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އިންޑިއާގެ ދެމަފިރިން ކަމަށްވާ އާމިރު އަލީ އާއި ސަންޖީދާ ޝައިހް މިހާރު ވަރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެ ދެތަރިން 2012 ގައި ކުރި ކައިވެންޏަށް މިހާރު ދެ އަހަރުގެ އަންހެން ދަރިޔަކު ވެސް ހުއްޓައި އެ މީހުންގެ ގުޅުން ގޯސްވެ، ވަކިން އުޅެން ފަށާފައި ވަނީ މީގެ ދެއަހަރު ކުރިންނެވެ. އޭގެ ފަހުން އަލުން ސުލްހަވުމުގެ ފުރުސަތު ކުޑަވެ، ދެ ތަރިން ކައިވެނި ރޫޅާލަން ނިންމާފައިވާ ކަމަށް އޭރު ވެސް ވަރަށް ބޮޑަށް އަޑުއެރި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އާމިރާއި ސަންޖީދާގެ މިހާރު ރަސްމީކޮށް ވަރިވެފައިވީ ނަމަވެސް އެކަން މީޑިއާތަކަށް ހާމަކުރާކަށް ބޭނުމެއް ނުވެ އެވެ.
ދެ މީހުންގެ ދަރިފުޅު އުޅެނީ ސަންޖީދާ ކައިރީގަ އެވެ.
"އިޝްގް ކާ ރަންގް ސަފޭދު" އާއި "އޭކް ހަސީނާ ތީ" އަދި "ކިޔާ ދިލް މޭ" ފަދަ އެތައް ސިލްސިލާތަކެއް ކުޅެފައިވާ 37 އަހަރުގެ ބަތަލާ އަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ތަރިއެކެވެ. ސަންދީޖާ މި ފަހުން ފެނުނު ފިލްމުތަކުގެ ތެރޭގައި 2020 ގެ "ތައިޝް" އާއި އެ އަހަރުގެ "ކާލީ ކުހީ" ހިމެނެ އެވެ.
އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ކުން ފަޔަކުން" ގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ" ގެ ރޯލަކުން ވެސް ސަަންޖީދާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އާމިރާ މައްސަލަ ޖެހި ވަކިން އުޅެން ފެށި ފަހުން ސަންޖީދާ އާއި "ތައިޝް" އަދި "ކުން ފަޔަކުން" ގެ ބަތަލު ހާޝްވަރުދަން ރާނޭ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް އެރި އެވެ.
އާމިރަކީ ވެސް ގިނަ އަދަދެއްގެ ސިލްސިލާތަކާއި ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އޭނާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2010 ގައި ގެނެސްދިން ސޯނަމް ކަޕޫރާއި އިމްރާން ޚާންގެ "އައި ހޭޓް ލަވް ސްޓޯރީސް" އެވެ.
ބަތަލާ މޯނީ ކައިވެނިކޮށްފި
ދަނޫޝްގެ ކައިވެނި ވެސް ނިމުމަކަށް
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
މިތުން އާއި ސްރީދޭވީ ކައިވެނިކުރި؟
ކަރަން އާއި ނިޝާގެ ބޮޑެތި ތުހުމަތުތަކެއް
އެކްޓަރު މޯހިތު ކައިވެނިކޮށްފި