"ޓާމިނޭޓާ" ފަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒްނެގާ އާއި އަންހެނުން މަރާޔާ ޝްރައިވާގެ ވަރީގެ މައްސަލަ ކޯޓްގައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އެ ގުޅުން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ނިމުމަކަށް އަތުވެއްޖެ އެވެ.
30 ޑިސެމްބަރ 2021
"ޓާމިނޭޓާ" ފަދަ ފިލްމުތައް ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ތަރި އާނޯލްޑް ޝްވެޒްނެގާ އާއި އަންހެނުން މަރާޔާ ޝްރައިވާގެ ވަރީގެ މައްސަލަ ކޯޓްގައި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، އެ ގުޅުން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް ނިމުމަކަށް އަތުވެއްޖެ އެވެ.
ޓީއެމްޒީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލޮސް އެންޖެލިސް (އެލްއޭ) ގެ ސުޕީރިއާ ކޯޓްގައި އޮތް ވަރީގެ މައްސަލަ އެހާ ބޮޑަށް ދިގުލައިގެން ދިޔައީ ވަރީގެ ބަދަލާ ގުޅޭ ގޮތުން ދިމާވި މައްސަލަތަކާ ހެދި އެވެ. ނަމަވެސް މިހާރު ރަސްމީކޮށް ދެ މީހުންގެ މުދާތައް ބަހާލައި، އޭގެ ތެރެއިން ބޮޑު ބައެއް މަރާޔާ އަށް ލިބިފައިވެ އެވެ.
މި ކައިވެނީގެ ގުޅުން ނިމުމަކަށް އައީ އާނޯލްޑް 74، އާއި މަރަޔާ، 66، ގެ ދެމެދުގައި މައްސަލަތައް ޖެހި ވަކިން ވެސް އުޅޭތާ އެތައް އަހަރެއް ފަހުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން 1986 ގައި ކުރި ކައިވެނީގައި ކުނިޖެހުމުގެ އަސްލަކަށްވީ ގޭގައި ގެންގުޅުނު މީހެއް ކަމަށްވާ މިލްޑްރެޑް ޕެޓްރީޝިއާ ބައޭނާއާ އެކު އާނޯލްޑް ބޭއްވި ގުޅުމަކުން ދަރިއަކު ވެސް ލިބުނުކަން ފަޅާއެރުމުންނެވެ. އެ ދަރި އަކީ މިހާރު އުމުރުން 24 އަހަރުގެ ޖޯސެފް ބައޭނާ އެވެ.
ޖޯސެފާ އެކު އާނޯލްޑް.
ކެލިފޯނިއާގެ ގަވަރުނަރުކަން ވެސް ކުރި އާނޯލްޑާއި މަރަޔާ އަށް ލިބިފައި ވަނީ ހަތަރު ކުދިންނެވެ. އެއީ ކެތެރީން ޝްވެޒްނެގާ، 32، އާއި ޕެޓްރިކް ޝްވެޒްނެގާ، 28، އާއި ކްރިސްޓޮފާ ޝްވެޒްނެގާ، 24، އިތުރުން ކްރިސްޓީނާ ޝްވެޒްނެގާ، 30، އެވެ.
ކެތެރީން އަކީ ހޮލީވުޑްގެ މަޝްހޫރު ތަރި ކްރިސް ޕްރެޓްގެ އަންހެނުންނެވެ. އެ ކައިވެންޏަށް ދަރިޔަކު ލިބި އާނޯލްޑާއި މަރާޔާ އަށް ވަނީ ކާފަ/މާމަ ވެސް ކިޔައިފަ އެވެ.
ޖޭސަން މޮމޯ އާއި ލީސާ ވަރިވެއްޖެ
ކަންޔޭގެ އާ ބައިވެރިޔަކީ ޖޫލިއާ
އެންމެ ދިގު މީހާ އަންބަކު ހޯދަން ރަޝިއާގައި
އަލަތު ކައިވެންޏަކީ ބަނދެވުމެއް: އެފްލެކް
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
ކައިވެނީގެ އުންމީދު ބޮޑު: ޖޭލޯ
ކައިވެނި ރޫޅުމަކީ ލަދުވެތިކަމެއް: އެޑެލް
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟
ޖޭލޯ އާއި އެފްލެކް އަލުން ގުޅުނީ!
އަންހެނަކަށް ވަރީގެ ބަދަލަށް ދިނީ މަސައްކަތުގެ އަގު