ކޮވިޑާ ހެދި މީގެ ދެ އަހަރެއްހާ ދުވަސްކުރިން އައްޑޫގައި ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓް މިއަދު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.
15 ޖެނުއަރީ 2022
ކޮވިޑާ ހެދި މީގެ ދެ އަހަރެއްހާ ދުވަސްކުރިން އައްޑޫގައި ބަންދުކޮށްފައި އޮތް ކެނަރީފް ރިސޯޓް މިއަދު އަލުން އޮޕަރޭޝަނަށް ގެނެސްފި އެވެ.
އަހުޅުމީދޫ ކައިރީގައި އޮންނަ ރިސޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓުގެ 142 ކޮޓަރީގެ ތެރެއިން 140 ކޮޓަރި ރިސޯޓް ލައިފުން ބުކްކޮށްފައިވާ ކަމަށާއި އެތަން އަލުން އޮޕަރޭޝަނަށް ގެންނަން އެ ކުންފުނިން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ރިސޯޓް އަލުން ހުޅުވުމަށްޓަކައި ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ކެނަރީފުން ބުންޏެވެ.
އެތަން އަލުން ހުޅުވާފައި މި ވަނީ ކޮވިޑާ ހެދި 2020 ގެ ޖޫން މަހުގެ ތެރޭގައި ރިސޯޓް ބަންދުކުރި ފަހުން ލިބުނު ގެއްލުންތައް ވެސް މަރާމާތުކުރުމަށް ފަހު އެވެ. މި ރިސޯޓަކީ އައްޑޫގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓް ވެސް މެ އެވެ. އެގޮތުން 2007 ގައި ރިސޯޓް އެންމެ ފުރަތަމަ ހުޅުވީ ހެރަތެރަ އައިލެންޑް ރިސޯޓުގެ ނަމުގަ އެވެ.
ކޮވިޑާ ގުޅިގެން އައްޑޫގައި ބަންދުކުރި މަތީ ފަންތީގެ އަނެއް ރިސޯޓް ކަމަށްވާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަދިވެސް އޮތީ ބަންދުކޮށްފަ އެވެ.
ކެނަރީފާއި ޝަންގްރިއްލާ، ކޮވިޑާ ހެދި ބަންދުކުރި ނަމަވެސް އައްޑޫގައި ތިން ވަނަ އަށް ތަރައްގީކޮށް 2018 ގައި އޮޕަރޭޝަނަށް ގެނައި ސައުތު ޕާމް އަންނަނީ މެދުކެނޑުމެއް ނެތި ހިންގަމުންނެވެ.
ކެނަރީފް ރިސޯޓް ހުސްއަތާ، ތިން މަހުން ބޮޑު ގެއްލުމެއް
ކެނަރީފް ރިސޯޓަށް މުވައްޒަފުން ހޯދަނީ
އައްޑޫ ކެނަރީފް ޑިސެމްބަރުގައި އަލުން ހުޅުވަނީ
އައްޑޫގެ ދެ ރިސޯޓް ނުހުޅުވި ހާސްކަން އިތުރުވަނީ!
ޝަންގްރިއްލާ އާއި ކެނަރީފް މިއަހަރު ވެސް ނުހުޅުވޭނެ؟!
އައްޑޫގެ ރިސޯޓްތައް ހުޅުވަން ބާރުއަޅުއްވާ: މައުސޫމް
އައްޑޫގެ ޓޫރިޒަމްގެ ކަންބޮޑުންތައް ޓޫރިޒަމް މިނިސްޓަރަށް
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި
މާލީ ހާލަތު ދަށްވުމުން ކެނަރީފް ރިސޯޓު ބަންދު ކުރަނީ