16 ޖެނުއަރީ 2022
ރައްޔިތުންނަށް މަޖުބޫރީ ހާލަތެއް ކުރިމަތި ކުރުވައިގެން، އެއް ދިމާލަކަށް މީހުން އެއްކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންނަށް މަޖުބޫރީ ހާލަތެއް ކުރިމަތި ކުރުވައިގެން، އެއް ދިމާލަކަށް މީހުން އެއްކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އުނގޫފާރު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އޯޕީޖީގެ ހިދުމަތް ތައާރަފު ކުރުމަށް، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ވީހާ ވެސް އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށާއި އެއީ ހަމައެކަނި ކައުންސިލްތައް ހިންގޭނެ ގޮތް ހަމަޖެއްސުމެއް ނޫން ކަމަށެވެ.
ފައިސަލް ވިދާޅުވިގޮތުގައި، އެންމެ މުހިންމު ކަމަކީ ސިއްހީ ދާއިރާ ފަދަ ހިދުމަތްތައް އެ ރަށަކުން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. ރައްޔިތުންނަށް ތަނަވަސްކަން ލިބެން އޮތް ގޮތަކީ އެއީ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"މަޖުބޫރު ކޮށްގެން ވަކި ދިމާލަށް ރައްޔިތުން ގެންދިޔުމަކީ މި ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ނޫން. ރައްޔިތުންނާ އެކުގައި، އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަކީ އެންމެ ސަމާލުކަން ދޭން ބޭނުންވާ ގޮތް،" ފައިސަލް ވިދާޅުވި އެވެ.
އެ ސިޔާސަތުގެ ދަށުން ޓާޝަރީ ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި މާލެ ފިޔަވައި އެހެން ރަށްރަށުން މިހާތަނަށް 3،000 މީހުން ސީޓީ ސްކޭންގެ ހިދުމަތް ހޯދާފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"އެ ކަންކަމަކީ މީގެ ކުރިން ބޮޑު ހަރަދުކޮށްފައި ގިނަ ތަކުލީފާއެކު، މާލެ ދާން ޖެހޭ ކަންކަން،" ފައިސަލް ވިދާޅުވި އެވެ.
މާލެ ސަރަހައްދަށް މީހުން އެއްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއިރު، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މި ފަހުން ވަނީ މާލެ ސަރަހައްދުން ގޯތި ދިނުމާއި ފްލެޓް އަޅައިގެން ތަރައްގީ ކުރުމަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އުއްމީދުތަކާ ގުޅިފައިވާ އާ އިމާރާތް!
ފަސް ހޮސްޕިޓަލް އަމިއްލައަށް ހިންގާ ގޮތަށް ބަދަލުކުރަނީ
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
މާލެ ބަންދުކުރުމާ އެކު ރަށުގެ ސިއްހީ ހާލަތު އެނގިއްޖެ
ބަލިވީމާ ކުޑަރަށާއި ބޮޑުރަށު މީހާ ތަފާތުވެގެން ނުވާނެ
އާއްމުސިއްހަތާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި
ކަރުގައި ތާށިވި ރުފިޔާ ނަގަން އުފުލަން ޖެހުނު ތަކުލީފު
150 އެއްހާ ސްކޫލްގައި ހެލްތު އޮފިސަރުންނެއް ނެތް!
ހެޔޮ އަގުގައި ސިއްހީ ހިދުމަތް ދޭން ބަޖެޓް ކްލިނިކެއް
ގިނަ ވަސީލަތްތަކާއެކު އީވް ވެސްޓް ޕާކް ހުޅުވައިފި