ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ހުސް ކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން މިއަދު އަންގައިފި އެވެ.
17 ޖެނުއަރީ 2022
ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހިންގި ބިން ހުސް ކުރުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން މިއަދު އަންގައިފި އެވެ.
ސިނަމާލެ ބްރިޖް އެޅި ދުވަސްވަރު، އެ މަންޒަރު ބެލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލޮނުޒިޔާރަތްކޮޅުގައި ހެދި "ބްރިޖު ވިއުއިން ޕްލެޓް ފޯމް" ސަރަހައްދުގައި ހިންގަމުން ދިޔަ ނިއު ޕޯޓް ރެސްޓޯރަންޓް ހުސްކުރުމަށް ސެޕްޓެމްބަރު 26، 2019 ގައި ސިވިލް ކޯޓުން ހުކުމް ކުރުމާއެކު، ޕްލޭނިން މިނިސްޓްރީން ކުރިން ވެސް ވަނީ އެ ސަރަހައްދަށް އެ މިނިސްޓްރީގެ މުއައްޒަފުން ފޮނުވައި، އެ ތަން ހުސްކުރުމަށް މަސައްކަތް ކޮށްފަ އެވެ.
އެކަމަކު، އެ ހުކުމް ސްޓްރާޑާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހުއްޓާލާފައި ވަނިކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި އެ ބިން ސަރުކާރާ ހަވާލު ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހައި ކޯޓުން ވެސް އެންގި އެވެ. ނަމަވެސް އޭގެ ފަހުން އެ ހުކުމް ތަންފީޒު ކުރާކަށް ސަރުކާރުގެ ފަރާތުން މަސައްކަތް ކުރި ކަމެއް އެނގިފަައެއް ނެތެވެ.
އެކަމަކު، ޕްލޭނިން މިނިސްޓްރީން ސްޓްރާޑާ ކުންފުންޏަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ، ނިއު ޕޯޓް ހިންގާ ބިން ދައުލަތާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފައި ވާތީ، މިއަދުން ފެށިގެން 25 ދުވަހުގެ ތެރޭގައި އެ ތަން ހަވާލު ކޮށްދިނުމަށް އެދޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ހުސް ނުކޮށްފި ނަމަ މިނިސްޓްރީގެ ފަރާތުން އެ ބިން ހުސް ކުރާނެ ކަމަށާއި އޭގެ ސަބަބުން ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމަކާއި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށް ލޮނުޒިޔާރަތްކޮޅުން ބޮޑު ބިމެއް ސްޓްރާޑާ ކުންފުންޏަށް ދިނުމަށް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ހައުސިން މިނިސްޓްރީން އެ ކުންފުންޏާއެކު ސޮއިކުރީ ސެޕްޓެމްބަރު 22، 2016 ގައެވެ.
އެ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮވެއްޖެ ނަމަ، އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ދައުލަތަށް ލިބެ އެވެ.
ދައުލަތުން ހުށަހެޅި ގޮތަށް ސިވިލް ކޯޓުން އަމުރުކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލު ކުރުމަށާއި 1،149،271ރ. އާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.
ނިއުޕޯޓް ވިއު ހިންގާ ބިން ހަވާލުކުރަން އަމުރުކޮށްފި
ނިއު ޕޯޓާ ދެކޮޅަށް ބަޔަކު އުޅެނީ ޒާތީވެގެން: ޒާހިދު
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!
އާބަން ޑިވެލޮޕްމަންޓް ބިލް ތަސްދީގުކުރައްވައިފި
އާބަން ޑިވެލޮޕްމަންޓް ބިލް ފާސްކޮށްފި
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ފުރިހަމަކުރަން ވަގުތު ބޭނުންވާތީ ލިސްޓް ނެރުންފަސްކޮށްފި
ގެދޮރު އަޅަން ދޭ ލޯނަށް އަންނަ މަހު ހުޅުވާލަނީ
ގައުމީ ތަރައްގީގެ ޕްލޭނަށް އޮސްޓްރޭލިއާގެ އެހީ ހޯދަނީ
ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި