ނިއު ޕޯޓް ކުންފުންޏާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަމުންދަނީ އޭނާގެ ސިޔާސީ ފުކުރު ހުރި ގޮތުން ބަޔަކު އޭނާއާ ޒާތީވެގެން ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު މިއަދު ވިދާޅުވެއްޖެ އެވެ.
13 އެޕްރީލް 2019
ނިއު ޕޯޓް ކުންފުންޏާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރަމުންދަނީ އޭނާގެ ސިޔާސީ ފުކުރު ހުރި ގޮތުން ބަޔަކު އޭނާއާ ޒާތީވެގެން ކަމަށް، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނިއު ޕޯޓުން ލޮނު ޒިޔާރަތްކޮޅުގައި ހިންގަމުން އަންނަ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހުސްކުރަން މި ސަރުކާރުން އެންގުމުން ވެސް އެކަން ނުކުރި މައްސަލާގައި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ނިއު ޕޯޓް ހިންގާ ކުންފުންޏަކީ ޒާހިދުގެ އާއިލީ ވިޔަފާރިއެކެވެ. މެނޭޖިން ޑިރެކްޓަރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ނިއު ޕޯޓް ހިންގަމުން އަންނަ ސްޓްރާޑާގެ ކުރީގެ އެންމެ އިސް އެއް ވެރިޔާ، ޒާހިދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ހެދިއިރު، ބްރިޖް ވިއު ޕްލެޓް ފޯމާއި ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ފުޓްސަލް ދަނޑެއް އެ ސަރަހައްދުގައި ހަދަން ސަރުކާރާ އެކު އޭރު އެއްބަސްވުން ހެދީ އާންމުންގެ ފައިދާއަކަށްޓަކައި ކަމަށެވެ. އަދި ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް އެ ތަން ހުސްކުރަން އެންގީ ކުންފުނިން ކުރި ޚަރަދު ވެސް އަނބުރާ ނުލިބެނީސް ކަމަށް ޒާހިދު ލިޔުއްވާފައިވެ އެވެ.
ޒާހިދު ލިޔުއްވާފައިވާ ގޮތުގައި ނިއު ޕޯޓް ވިއުގެ އިތުރުން އެ ކުންފުންޏަށް ދޫކުރި އިތުރު ތިން ތަނެއްގެ އެއްބަސްވުން ވެސް ބާތިލްކޮށް، މި ސަރުކާރުން އެތަންތަން ވަނީ އަތުލައިފަ އެވެ. އެކަމަކު އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށާއި ނުނިމި އޮތީ ނިއު ޕޯޓް ވިއުގެ މައްސަލަ އެކަނި ކަމަށް އޭނާ ލިޔުއްވި އެވެ.
ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ދިން އެއް މަސް ދަވަހުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ތަން ހުސްނުކުރި މައްސަލާގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމްގެ މަސްލަހަތެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވައި، ޒާހިދު ވިދާޅުވީ އަސްލަމަކީ ނިއު ޕޯޓް ކުންފުންޏާ ވިޔަފާރީގެ ގޮތުން އެއްވެސް ގުޅުމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.
އަސްލަމާއި އޭނާއާ ދެމެދު އޮތީ އާއިލީ ގުޅުމެއް ކަމަށާއި އެ ގުޅުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ޒާހިދު ލިޔުއްވާފައިވެ އެވެ. އަދި އެކަމުގެ ތެރެއަށް އަސްލަމް ވައްދަން ބަޔަކު އުޅެނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ވަޑައިގަތުމުގެ ފުރުސަތު އޮތުމުން އެކަމަށް ހުރަސް އަޅަން ވެގެން ކަމަށް ބެލެވޭ ކަމަށް ވެސް ޒާހިދު ވިދާޅުވި އެވެ.
އަސްލަމްގެ އަނބިކަނބަލުންނަކީ، "މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޒާހިދުގެ ބޮޑުދައިތައެކެެވެ.
ނިއުޕޯޓް ވިއު ހިންގާ ބިން ހަވާލުކުރަން އަމުރުކޮށްފި
ނިއުޕޯޓް ހިންގި ބިން އަތުލީ ރަނގަޅަށް: ސުޕްރީމް ކޯޓް
ނިއު ޕޯޓް ހިންގި ބިން ހުސްކުރަން 25 ދުވަސް ދީފި
ހައިކޯޓުން ވެސް ނިއުޕޯޓު މައްސަލައަށް ކުރިއެއް ނުލިބުނު
ނިއުޕޯޓް ހުކުމް ފަސްކުރުމުގެ އަމުރު ނެރެ ނުދިން
"ވިޔަފާރިތަކަށް ސަރުކާރުން ގަސްދުގައި ގެއްލުން އެބަދޭ"
ނިއުޕޯޓް ވިއު ހިންގި އިމާރާތް ސަރުކާރުން ބަންދުކޮށްފި
ނިއު ޕޯޓްގައި އެއްވެސް މަސްލަހަތެއް ނޯންނާނެ: އަސްލަމް
މުއްދަތު ހަމަވިއިރު ވެސް ނިއު ޕޯޓް ވިއު ހުހެއް ނުކުރޭ
ޑޭޓާ ސަލާމަތްކުރަން ސަރުކާރަށް ވޭކަޕް ކޯލެއް!