07 ޖޫން 2016
ރޯދަމަހަކީ ކެއުމަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ފެން ބޮވޭ މިންވަރާއި ތަފާތު އެއްޗެހި ކެވޭ މިންވަރު އަދި ކައި އުޅޭ ގަޑިތައް ވެސް ރޯދަ މަހު ވަރަށް ތަފާތެވެ. ރޯދަ ވީއްލައިގެން އެކަށީގެންވާ ވަރަށް ފެން ނުބޯ ނަމަ ހަމުގައި ހުންނަ ތެތްކަން ގެއްލެން ފަށާނެ އެވެ. އަދި ވާންކަން ކެނޑި ރޫޖެހުން އަވަސްވާނެ އެވެ. ނަތީޖާއެއްގެ، ގޮތުން ހަމުގައި ހުންނަ އުޖާލާކަން ގެއްލި ހަމުގެ ކުލަ މަރުވެފައިވާ ގޮތަށް ފެންނާނެ އެވެ.
ރޯދަމަހަކީ ކެއުމަށާއި އާންމު ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ފެން ބޮވޭ މިންވަރާއި ތަފާތު އެއްޗެހި ކެވޭ މިންވަރު އަދި ކައި އުޅޭ ގަޑިތައް ވެސް ރޯދަ މަހު ވަރަށް ތަފާތެވެ. ރޯދަ ވީއްލައިގެން އެކަށީގެންވާ ވަރަށް ފެން ނުބޯ ނަމަ ހަމުގައި ހުންނަ ތެތްކަން ގެއްލެން ފަށާނެ އެވެ. އަދި ވާންކަން ކެނޑި ރޫޖެހުން އަވަސްވާނެ އެވެ. ނަތީޖާއެއްގެ، ގޮތުން ހަމުގައި ހުންނަ އުޖާލާކަން ގެއްލި ހަމުގެ ކުލަ މަރުވެފައިވާ ގޮތަށް ފެންނާނެ އެވެ.
ނަމަވެސް މިއީ ހާސްވާ ވަރުގެ ކަމެއް ނޫނެވެ. ހަނދާންކުރަންވީ ކަމަކީ ރޯދަޔަށް ހުރުމުގެ މާނައަކީ ގައިގެ ހަންގަނޑަށް ވެސް ހާންތިކަން ގެނައުން ނޫން ކަމެވެ. ރޯދަޔަށް ހުއްޓަސް ހަމުގެ ސިއްހަތަށް ގެއްލުން ނުވާނެ ގޮތްގޮތަށް ކަންތައް ބެހެއްޓިއްޖެ ނަމަ ހަމުގެ އުޖާލާކަމާއި ރީތިކަމެއް ނުގެއްލޭނެ އެވެ.
އެގޮތުން ހަންގަނޑަށް ގެއްލުން ނުވޭތޯ ކުރެވިދާނެ ފަސް ކަމެއް ފާހަގަ ކޮށްލާނަމެވެ.
1. ރޯދަޔަށް ހުންނައިރު މޭކަޕްކުރުމުގެ ބޭނުމެއް ނެތެވެ. ރޯދަޔަށް ހުރެގެން ފާޑުފާޑުގެ ކޮސްމެޓިކްސްތަކުން ވަރުގަދަޔަށް މޭކަޕްކުރުމަކީ އެއްގޮތަކަށް ވެސް ގުޅޭ ކަމެއް ނޫނެވެ. އެހެންވެ، ރޯދަޔަށް ހުންނައިރު މޭކަޕާ ދުރުހެލިވާށެވެ. އޭރުން ކޮސްމެޓިކްސްތަކުން ހަށިގަނޑުގެ ތެރެއަށް ވަންނަ ކެމިކަލްތަކާ ވެސް ދުރުވެވޭނެ އެވެ. އޭރުން ހަންގަނޑަށް ވެސް ރަނގަޅު ޗުއްޓީއެއް ދެވުނީ އެވެ.
2. ރޯދަ ވީއްލައިގެން ހާރު ކެއުމާ ދެމެދު، މަދުވެގެން އަށް ތަށި ފެން ބޯން އާދަކުރާށެވެ. އޭރުން ދުވާލު ނުކައި ނުބޮއި ހުއްޓަސް ހަންގަނޑަށް ފެން މަދުވެގެން ގެއްލުންތަކެއް ނުވާނެ އެވެ. ދިޔާއެއްޗެތި ބުއިމުގެ ނަމުގައި ޖޫހާއި އެ ފާޑުގެ އެކިއެކި ބުއިންތައް ބުޔަސް ކަމަކު ނުދާނެ އެވެ. އެއްފަހަރާ ބައިވަރު ފެން ބުއިމުގެ ބަދަލުގައި އަބަދުވެސް ފެންފުޅިއެއް އަތުޖެހޭ ހިސާބުގައި ބަހައްޓައިގެން އިރުއިރުކޮޅާ ފެންފޮދެއް ބޯލުން ރަނގަޅުވާނެ އެވެ.
މޭކަޕް ނުކުރިޔަސް ރޯދަމަހު ހަންގަނޑު ރަނގަޅަށް ބެލެެހެއްޓުމުން ފައިދާ ކުރާނެ
3. ހަންގަނޑު ވީހާވެސް ސާފުކޮށް ބަލަހައްޓާށެވެ. މަރުވާ ހަންތައް ނައްޓައި ލޯޝަން ލައިގެން ހަމުގެ ތެތްކަން އަބަދުވެސް ހުންނަ ގޮތަކަށް ބަހައްޓާށެވެ. ހަންގަނޑަށް އަޅާނުލެވިއްޖެ ނަމަ ކުއްލިއަކަށް ބިހިތަކެއް ނަގާ މުޅި ހަންގަނޑު ހަލާކުކޮށްލަފާނެ އެވެ.
4. ކެއުމަށް ބޭނުންކުރާ އެއްޗިއްސަކީ ފައިބަރު ގިނަ ކާނާއަށް ހަދާށެވެ. އޭރުން ހަންގަނޑުގެ މަރާމާތުގެ މަސައްކަތް ހަލުވިވެފައި ބަރާބަރު ވާނެ އެވެ. ތަރުކާރީ އާއި މޭވާ، އެކި ވައްތަރުގެ ނަޓްސް އާއި ކަނޑު މަހަކީ ހަންގަނޑަށް ވަރަށް ރަނގަޅު ފަރުވާ ލިބޭ އެއްޗިއްސެވެ. އެހެންކަމުން މި ތަކެތި ގަވާއިދުން ކާން އާދަކުރާށެވެ. 5. ރޯދަ ވީއްލުމަށްފަހު ކާ ތަކެތީގެ ތެރެއަށް އިތުރުކުރުން އެންމެ މުހިއްމު އެކައްޗަކީ ޔޯގަޓެވެ. ޔޯގަޓަކީ ޕްރޮޓީން ވަރަށް ގިނަ ކާނާ އެކެވެ. ނަތީޖާއެއްގެ ގޮތުން، ޔޯގަޓް ކެއުމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ހަލުވިވެ، ހަންގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ފޯރުކޮށްދެ އެވެ.
ސްކިންކެއާގެ ވަރުގަދަ ދެ ބްރޭންޑެއް ލެކިއުޓްގައި
މޫނު އޮމާންކޮށްލަން ކުޑަ ޓިޕެއް
ލަކުޑިން ހަދާފައި ހުންނަ ފުނަލުން ލިބޭ ފައިދާ
ސެލޫނަށް ނުގޮސް ގޭގައި ރީތިވާނެ ގޮތް
ކުލަ އަލި ނޫން ހަމާ ގުޅޭނެ ފަސް ލިޕްސްޓިކް ކުލަ
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
މޫނު ތާޒާކޮށްލަން ވަރަށް ފަސޭހަ މާސްކެއް
ހަލީމާ އަލުން މޮޑެލިން އަށް
ހެރީ ސްޓައިލްސް ސެންޓާއި ކޮސްމެޓިކް ލައިނެއް ނެރެނީ
މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް