19 ޖެނުއަރީ 2022
ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް މިއަހަރުގެ މިހާތަނަށް 65.8 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ދައުލަތުން ނަގާފައިވާ ދަރަނި އަދާ ކުރުމަށް މިއަހަރުގެ މިހާތަނަށް 65.8 މިލިއަން ރުފިޔާ ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި މިފައިސާ ދައުލަތުން ދެއްކީ މިއަހަރުގެ ފުރަތަމަ ހަފްތާގަ އެވެ. މިއަހަރު ދައުލަތުން 2.8 މިލިއަން ރުފިޔާ ލޯނުތަކަށް އަނބުރާ ދައްކަން ޖެހެ އެވެ.
ބޭރުގެ ލޯނުތަކުގެ އިތުރުން މިދިޔަ އަހަރު ދައުލަތުގެ ދަރަނި ހުރީ 80 މިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު ދަރަނި ގެރެންޓީއާ އެކު 102 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ.
ސީދާ ދަރަަނީގެ އިތުރުން ބާޒާރުގައި ވިއްކާފައިވާ ބޮންޑުގެ މުއްދަތު 2022 ވަނަ އަހަރު ހަމަވާތީ، މި ބޮންޑުގެ ބާކީ ނުދައްކާ އޮތް 894 މިލިއަން ރުފިޔާ ދެއްކުމަށް ހަމަޖެހިފައިވެ އެވެ. އަދި މީގެ އިތުރުން، ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް 2022 ވަނަ އަހަރު ކުރިޔަށްދާނެކަމަށް ނުބެލެވޭތީ، އޮފިޝަލް ކްރެޑިޓަރުންނަށް ދަރަނި އަދާ ކުރަން މި އަހަރުގެ ތެރޭގައި ފެށުމާ އެކު، ދަރަނި އަދާކުރުމުގެ ހަރަދު ފާއިތުވި ދެ އަހަރާއި އަޅާބަލާއިރު އިތުރުވާނެ ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އެމްއެމްއޭ ދިން ލަފާގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ދަރަނި ބޮޑުވަމުން ގޮސް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ބޮޑެތި އަދަދުތަކުން ފައިނޭންސް ހޯދަން ރާވާފައިވާ އިރު، އޭގެ ސަބަބުން ވަރަށް ބޮޑަށް ދަރަނި އިތުރުވާނެ އެވެ. އެހެންވެ، އިގްތިސާދީ ހާލަތަށް ބަލައި، ލިބޭ އެއްޗަކުން ހަރަދުތައް ހަމަޖެއްސުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ލަފާދީފައިވެ އެވެ.
ސިޔާސަތުތައް ބަދަލުކުރަނީ އަސަރު ކުޑަވާ ގޮތަށް: އަމީރު
ދަރަނި އަދާކުރަން އެއްވެސް ދަތިކަމެއް ނެތް: އަމީރު
ދަރަނި ލުއިކުރަން މަޝްވަރާގެ ވިސްނުމެއް ނެތް: އަމީރު
ހަތަރު އަހަރުގެ ތެރޭގައި 37 ބިލިިއަންގެ ލޯނު ނަގައިފި
2026 ގައި ރެކޯޑު އަދަދަކަށް ދަރަނި ދައްކަން ޖެހޭ
އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށް!
ލޯނު ދައްކާ ފަންޑުން 400 މިލިއަންގެ ޓީބިލް ގަނެފި
"މި ސަރުކާރުގެ ދަރަންޏަކީ 34 ބިލިއަން ރުފިޔާ"
ކާޑު ގަންނަން އެސްޓީއޯ އަށް ސޮވެރިން ގެރެންޓީ ދީފި
ލޯނުން މަޝްރޫއު ހިންގަނީ ހާލަތު ބަދަލުކުރަން: އަމީރު