Roadha Mihaaru
"މަނިކެ މަގޭ ހިތޭ" ލަވަ ހިމެނޭ ފިލްމު އަންނަ އަހަރު

"މަނިކެ މަގޭ ހިތޭ" ގެ ހިންދީ ލަވަ ހިމެނޭ ފިލްމު "ތޭންކް ގޯޑް" އަންނަ އަހަރު

23 ނޮވެމްބަރ 2021

ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާ ޑި ސިލްވާގެ ހިޓް ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމަނަން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު "ތޭންގް ގޯޑް" އަންނަ އަހަރުގެ ޖުލައި 29 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ދިލޯކާ ޑި ސިލްވާގެ ހިޓް ލަވަ "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމަނަން ނިންމާފައިވާ ބޮލީވުޑްގެ ފިލްމު "ތޭންގް ގޯޑް" އަންނަ އަހަރުގެ ޖުލައި 29 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޑައިރެކްޓަރު އިންދަރް ކުމާރުގެ މި ފިލްމަކީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުރާ ލީޑް ރޯލުން ފެންނާނެ އެއްޗެކެވެ. މީގެ ލަވައެއްގެ ގޮތުގައި "މަނިކެ މަގޭ ހިތޭ" ގެ ހިންދީ ވާޝަން ހިމަނަން ނިންމިކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި މި ލަވައިގެ އެތައް ވާޝަނެއް މިހާތަނަށް ނެރެފައިވެ އެވެ. "ތޭންގް ގޯޑް" ގައި އެ ލަވައިގެ ރަސްމީ ހިންދީ ވާޝަން ހިމަނައިގެން ގެނެސްދޭ އިރު، ލަވައަށް ކުރެވޭ އުންމީދުތައް މިހާރު ވެސް ވަރަށް ބޮޑެވެ. ރިޕޯޓްތައް ބުނާ ގޮތުން އައިޓަމް ލަވައެއްގެ ގޮތުގައި ލަވަ ފިލްމުގައި ހިމަނާނީ ނޯރާ ފަތުހީގެ ހިތްގައިމު ނެށުންތަކާ އެކީގަ އެވެ.

މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި މަރޫޓީ އިންޓަނޭޝަނަލް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. "ތޭންކް ގޯޑް" ގެ ޑައިރެކްޓަރު އެންމެ ފަހުން ގެނެސްދިން ފިލްމަކީ ވެސް އަޖޭ މުހިއްމު ރޯލެއް ކުޅުނު 2019 ގެ "ޓޯޓަލް ދަމާލް" އެވެ.

އިންދަރުގެ އެންމެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދިލް" އާއި "ބޭޓާ"، "ރާޖާ" އަދި "މަން" ހިމެނެ އެވެ.