08 ޖެނުއަރީ 2021
ޑައިރެކްޓަރު ފަރުހާދު ސަމްޖީގެ އާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ބުދަ ދުވަހު ފަށައިފި އެވެ.
ޑައިރެކްޓަރު ފަރުހާދު ސަމްޖީގެ އާ ފިލްމު "ބައްޗަން ޕާންޑޭ" ގެ ޝޫޓިން ބުދަ ދުވަހު ފަށައިފި އެވެ.
އަކްޝޭ ކުމާރާއި ކްރިތީ ސެނަން އަދި ޖެކްލިން ފެނަންޑޭޒް ލީޑް ރޯލް ކުޅޭ މި ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ޖައިސަލްމާރްގަ އެވެ. ލޮކްޑައުން އަށް ފަހު ކުރިން ވެސް ނިންމި ގޮތަށް މި މަހުގެ 6 ވަނަ ދުވަހު ފިލްމުގެ ޝޫޓިން ފެށި އިރު، މީގެ ކާސްޓްގައި އަރުޝަދު ވަރްސީ އާއި ޕްރަތީކް ބައްބަރް ވެސް ހިމެނެ އެވެ.
އަކްޝޭ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ "ބައްޗަން ޕާންޑޭ" އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މީގެ ޑައިރެކްޓަރު ފަރުހާދު އެންމެ ފަހުން ގެނެސްދިނީ ވެސް ސާޖިދުގެ ފިލްމެކެވެ. އެއީ އަކްޝޭ އާއި ކްރިތީ ވެސް މުހިއްމު ރޯލުތަކެއް ކުޅުނު 2019 ގެ "ހައުސްފުލް 4" އެވެ.
"ބައްޗަން ޕާންޑޭ" އަށް ފަހު ފަރުހާދު ހަދާނީ ވެސް ސާޖިދުގެ ފިލްމެކެވެ. އެއީ ސަލްމާން ޚާނާއި ޕޫޖާ ހެގްޅޭ ލީޑް ރޯލް ކުޅޭ "ކަބީ އީދު ކަބީ ދިވާލީ" އެވެ.
"ބައްޗަން ޕާންޑޭ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ޑައިރެކްޓަރު އިންދަރު ކުމާރުގެ އާ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިން މި މަހުގެ 21 ގައި ފަށަން ނިންމައިފި އެވެ.
މިއީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ކޮމެޑީއެކެވެ. "ތޭންކް ގޯޑް" ގެ ކާސްޓުންނަކީ އަޖޭ ދޭވްގަނާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ސިދާތު މަލްއުތުތުރާ އެވެ. އަޖޭ އަކީ އިންދަރު އެންމެ ފަހުން ގެނެސްދިން 2018 ގެ "ޓޯޓަލް ދަމާލް" ގެ ކާސްޓްގައި ވެސް ހިމެނުނު އެކްޓަރެކެވެ.
"ތޭންކް ގޯޑް" އަކީ އަޖޭ އާއި ރަކުލް އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިިލްމެވެ. އެކީގައި "ދޭ ދޭ ޕިޔާރު ދޭ" ކުޅުނު އިރު، އަޖޭ ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ ބަތަލާ އަކީ ވެސް ރަކުލް އެވެ. ޒުވާން ބަތަލާ ވަނީ ސިދާތާ އެކު ވެސް ދެ ފިލްމެއް ކުޅެފަ އެވެ. އެއީ 2019 ގެ "މަރުޖާވާ" އާއި 2018 ގެ "އައްޔާރީ" އެވެ.
އިންދަރު އަކީ "ދިލް" އާއި "ބޭޓާ" އަދި "މަސްތީ" ސީރީޒްގެ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.
ރިޗާ ޗައްޑާ ޓައިޓްލް ރޯލު ކުޅެފައިވާ ޕޮލިޓިކަލް ޑްރާމާ "މެޑަމް ޗީފް މިނިސްޓަރު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި މަހުގެ 22 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމަކީ "ޖޯލީ އެލްއެލްބީ" ގެ ދެ ފިލްމު ގެނެސްދިން ސުބާޝް ކަޕޫރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ސިޔާސީ މަސްރަހުގައި ހިނގާ ހާދިސާތަކެއް ތަންކޮޅެއް "ލައިޓް ހާޓެޑްކޮށް" ގެނެސްދޭ "މެޑަމް ޗީފް މިނިސްޓަރު" ގެ ކާސްޓްގައި ސޯރަބް ޝުކްލާ އާއި މާނަވް ކޯލް ފަދަ އެކްޓަރުން ހިމެނެ އެވެ.
މިދިޔަ އަހަރު އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް "އަންބިލީވަބަލް" ގެ ނަމުގައި ވީޑިއޯއާ އެކު ވެސް ނެރުނު ބޮލީވުޑްގެ ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އަނެއްކާ ވެސް އާ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
އޭނާގެ ދެވަނަ ސިންގަލް އަކީ "ކެސަނޯވާ" އެވެ. މީގެ ޓީޒާކޮޅެއް ވެސް މިހާރު ދައްކާލާފައިވާ އިރު، ލަވަ ވީޑިއޯއާ އެކު ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލާނެ އެވެ. ލަވަ ޑައިރެކްޓްކުރީ ޓައިގާގެ 2019 ގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ އެވެ.
މިދިޔަ އަހަރު "ބާގީ 3" އިން ފެނިގެން ދިޔަ ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކަކީ "ހީރޯޕަންތީ 2" އާއި "ބާގީ 4" އާއި "ގަންޕަތު" ގެ އިތުރުން "ރާމްބޯ" އެވެ.
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަހަންނަކީ ކާމިޔާބު އެކްޓަރެއް ނޫން: ސުނިލް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭ އާއި ޓައިގާ ވަރުގަދަ ތަޅާފޮޅުމަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
"މަނިކެ މަގޭ ހިތޭ" ލަވަ ހިމެނޭ ފިލްމު އަންނަ އަހަރު