22 ޖެނުއަރީ 2022
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާ އެކު އިއުލާންކޮށްފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" ގެ ޝޫޓިން އަންނަ މާޗު ނުވަތަ އެޕްރީލުގެ ތެރޭގައި ފަށަން ތައްޔާރުވާތީ އެއަށް ތިން ޑައިރެކްޓަރަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރާ އެކު އިއުލާންކޮށްފައި އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ދި އެންޑް" ގެ ޝޫޓިން އަންނަ މާޗު ނުވަތަ އެޕްރީލުގެ ތެރޭގައި ފަށަން ތައްޔާރުވާތީ އެއަށް ތިން ޑައިރެކްޓަރަކު ޝޯޓްލިސްޓްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ އަކްޝޭގެ ފުރަތަމަ ސިރީޒްގެ ޑައިރެކްޓަރުންނަށް ޝޯޓްލިސްޓްކޮށްފައި ވަނީ ޝޫޓިން ފަށާފައި އޮތް އޭނާގެ ފިލްމު "ރާމް ސެތޫ" ގެ ޑައިރެކްޓަރު އަބީޝެކް ޝަރުމާ އާއި 2018 ގެ "ކޭސަރީ" ގެ ޑައިރެކްޓަރު އަނޫރާގް ސިންގްގެ އިތުރުން އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ދަ ފެމިލީ މޭން" ސީޒަން ދޭއްގެ ޑައިރެކްޝަނުގައި ހިއްސާވި ސުޕަން ވަރުމާ އެވެ.
މި ތިން މީހުންގެ ތެރެއިން ކޮންމެވެސް އެކަކާ ހަވާލުކޮށްގެން "ދި އެންޑް" ހަދަން ނިންމާފައިވާ އިރު، އޭގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ޕްރޮޑަކްޝަން ޓީމުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ސީރީޒް ޑައިރެޓްކުރާނެ މީހަކު އަންނަ މަސް ނިމުމުގެ ކުރިން ރަސްމީކޮށް އިއުލާންކުރާނެ އެވެ.
އަކްޝޭ އަލަތު ވެބް ސީރީޒަށް ތައްޔާރުވާ އިރު މިހާރު ވެސް އޭނާގެ އަތުގައި ގިނަ ފިލްމުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޝޫޓިން ފަށަން ޖެހޭ "ސެލްފީ" އާއި "ގޮރްކާ" އަދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" ކިޔާ ފިލްމެއް ވެސް ހިމެނެ އެވެ.
މިދިޔަ މަހު ރިލީޒްކުރި "އަތުރަންގީ ރޭ" އަށް ފަހު މި އަހަރަށް ހުރި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ"، "ޕްރިތުވީރާޖް"، "މިޝަން ސިންޑްރެއްލާ"، "ރަކްޝާ ބަންދަން"، "ރާމް ސެތޫ" އަދި "އޯ މައި ގޯޑް (އޯއެމްޖީ) 2" ހިމެނެ އެވެ.
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް
ޝާހްރުކް ޚާންގެ ވެބް ސީރީޒެއްގެ އިޝާރާތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަކްޝޭގެ ސީރީޒް "ދި އެންޑް" ގެ މަސައްކަތް ފަށަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް