Roadha Mihaaru

ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދު

އަންނަ މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ފެބްރުއަރީ ތިނެއްގައި ސަރުކާރު ބަންދު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 ޖެނުއަރީ 2022

އަންނަ މަހުގެ ތިނެއްވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ ގޮތަށް ނިންމެވީ އެއީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ އޮފީހުން ނިންމީ ޖެނުއަރީ 21، 2019 ގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަމުންނެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވާ ދުވަހު ސަރުކާރު ބަންދެއް ނުކުރެ އެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެއީ ސަރުކާރު ބަންދު ދުވަހެކެވެ.