Roadha Mihaaru
ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ އެކުގައި ނުފެނިދާނެ

ޕްރިޔަންކާ، ކެޓްރީނާ އަދި އާލިއާ އެކުގައި ނުފެނިދާނެ

26 ޖެނުއަރީ 2022

ފަރްހާން އަކްތަރު ޑައިރެކްޓްކުރާ "ޖީ ލޭ ޒަރާ" އިން، ބޮލީވުޑުގެ މަޝްހޫރު ބަތަލާއިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ އާއި ކެޓްރީނާ ކައިފް އަދި އާއިލާ ބަޓް އެކުގައި ފެންނާނެ ކަމަށް ކުރިން އޮތީ މީޑިއާގައި އަޑު އަރައިފަ އެވެ.

ތިން ތަރިން އެކުގައި "ޖީ ލޭ ޒަރާ" އިން ފެނިއްޖެ ނަމަ، މިއީ މި ތިން ތަރިން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށްވާނެ އެވެ. އެކަމަކު މިހާރު ހަބަރުތައް ބުނާ ގޮތުގައި ސަޕޯޓަރުންގެ މި އުއްމީދު ހަގީގަތަކަށް ވާކަށް ނެތެވެ.

އެ ފިލްމަށް ޕްރިޔަންކާގެ ބަދަލުގައި އެހެން ތަރިއެއް ނަގާ ކަމުގެ އަޑު ގަދަވެފައި މިވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާއި ޕްރިޔަންކާ ސަރޮގޭޓްކޮށްގެން ކުއްޖަކު ހޯދުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ މިވަގުތު ބޭނުންވަނީ ދަރިފުޅުގެ ކަންކަމަށް ވަގުތު ހުސްކުރާށެވެ.

އެހެންވެ، ފިލްމުގެ އުފެއްދުންތެރިން މަސައްކަތްކުރަމުން އަންނަނީ ޕްރިޔަންކާގެ ބަދަލުގައި ނަގާނެ ތަރިއަކު ހޯދުމަށެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ ތަރި ޕްރިޔަންކާގެ ބަދަލުގައި އެހެން ތަރިއަކު ޖީ ލޭ ޒަރާއަށް ނަގާ ކަމުގެ އަޑުގަދަވެފައިވާއިރު މީގެ ކުރިން ޕްރިޔަންކާ ވަނީ އޭނާ ދަރިއަކަށްޓަކާ ކުރާ އުއްމީދާ ގުޅިގެން އެކި އިންޓަވިއުތަކުގައި ވާހަކަ ދައްކައިފަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިޔަންކާ ސަރޮގޭޓްކޮށްގެން ހޯދި ކުއްޖާ އަސްލު ލިބެން އޮތީ އޭޕްރީލް ހިސާބުގަ އެވެ. އޭރު އޭނާގެ ވިސްނުން ހުރީ ދަރިފުޅު ލިބެންވާއިރަށް މަސައްކަތްތައް ނިންމާލާ ދަރިފުޅަށް ހުސްވާށެވެ.