Roadha Mihaaru
ހުދު ބުޅަލެއް މީހެއްގެ މަހާނަ ކައިރިން ދުރަކަށް ނުދިޔަ

ހުދު ބުޅަލެއް މީހެއްގެ މަހާނަ ކައިރިން ދުރަކަށް ނުދިޔަ

21 ސެޕްޓެމްބަރ 2017

މެލޭޝިއާގައި މަރުވި މީހެއްގެ މަހާނަ މަތީގައި ހުދުކުލައިގެ ބުޅަލެއް އޮތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބާރަށް އަންނަނީ ދައުރުވަމުންނެވެ. މި މީހާގެ މަހާނަ ކައިރީގައި މި ބުޅާ އަބަދުވެސް އުޅޭ ކަމަށްވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މެލޭޝިއާގައި މަރުވި މީހެއްގެ މަހާނަ މަތީގައި ހުދުކުލައިގެ ބުޅަލެއް އޮތް ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބާރަށް އަންނަނީ ދައުރުވަމުންނެވެ. މި މީހާގެ މަހާނަ ކައިރީގައި މި ބުޅާ އަބަދުވެސް އުޅޭ ކަމަށްވެ އެވެ.

ސޮފުވާން ސީޒެޑް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއާ އެކު އޭނާ ލިޔެފައި ވަނީ މިއީ އޭނާގެ ކާފަގެ ޖަނާޒާއަށް ފަހު ނެގި ފޮޓޯއެއް ކަމަށެވެ.

ޖަނާޒާގެ ވަކި ހިސާބަކުން ކުއްލިއަކަށް މި ބުޅާ ގޮސް މަހާނަ ވަށައިގެން ހިނގަން ފެށީ ކަމަށް ސޮފުވާން ބުނެފައިވެ އެވެ.

"ކާފަ އަކީ ބުޅާ ދެކެ ވަރަށް ލޯބިވި މީހެއް،" އޭނާ ބުންޏެވެ.

ސޮފުވާން ވަނީ މި ބުޅާ އެތަނުގައި އޮއްވައި އޭނާގެ އާއިލާގެ މީހުން ބުޅާ ދުރަށް ލާން މަސައްކަތްކުރާ ތަން ފެންނަ ވީޑިއޯއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ. މި ވީޑިއޯ ހަތް މިލިއަނަަށް ވުރެ ގިނަ މީހުން މިހާތަނަށް ބަލާފައި ވެއެވެ.

"މިއީ އަހަރެމެން އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް ނޫން. މިއީ އަހަރެމެންގެ ގެ ކައިރީގައި ހުންނަ މިސްކިތެއް ތެރޭގައި އުޅޭ ބުޅަލެއް. މި ބުޅާ ކާފަގެ މަހާނަ ކައިރިއަށް ދިޔަ ގޮތަށް އެތަނުން ދުރަށް ނުދިއުމުން އާއިލާގެ މީހުންނަށް ވީ މަޖާ ކަމަކަށް. އަހަރެމެން ކޮންމެ ފަހަރަކު ދާއިރު ވެސް ބުޅާ މަހާނަ މަތީގައި އޮވޭ. އެ ހިސާބުގަނޑު މީހުން ބުނަނީ އަހަރެމެން ގެއަށް ދާ ފަހުން ވެސް ބުޅާ އެތަނުން ނުގޮސް އޮންނަ ކަމަށް،" ސޮފްވާން ބުންޏެވެ.

ބުޅަޅުގެ މިޒާޖާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ އަނީތާ ކެލްސޭ ބުނީ މި ބުޅާ އުޅެނީ "އާދަޔާޚިލާފު" ގޮތަކަށް ކަމަށެވެ.

"ބުޅަލުގެ މިޒާޖާ ދޭތެރޭ އަހަރެން އަބަދުވެސް ވަރަށް ހައިރާންވޭ. އެއަށް ވަރަށް މުހިއްމު އެއްޗެއް އެ ތަނުގައި ވަޅުލާފައި އޮތީމާ ކުރާ ކަމެއްހެން ހީވަނީ،" އޭނާ ބުންޏެވެ.

ބުޅާ ލޯބިވާ މީހަކު ނުފެނިގެން އެކަމާ ހިތާމަކުރާތަން އާންމުކޮށް ނުފެންނަ ކަމަށާއި މިއީ އާންމުކޮށް ކުއްތާ ކޮށް އުޅޭ ކަހަލަ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.