02 ފެބުރުއަރީ 2022
ނުކުއަލޮފާ (ފެބްރުއަރީ 2) - ޓޮންގާގެ ވެރިރަށުން ކޮވިޑުގެ ދެ ކޭސް ފެނުމާ ގުޅިގެން އެ ގައުމު ލޮކްޑައުން ކުރަން ނިންމައިފި އެވެ.
ނުކުއަލޮފާ (ފެބްރުއަރީ 2) - ޓޮންގާގެ ވެރިރަށުން ކޮވިޑުގެ ދެ ކޭސް ފެނުމާ ގުޅިގެން އެ ގައުމު ލޮކްޑައުން ކުރަން ނިންމައިފި އެވެ.
ބޮޑުވަޒީރު ސިއައޮސީ ސޮވަލެނީ ވިދާޅުވީ ކޮވިޑުގެ ދެ ކޭސް ވެސް ފެނިފައި ވަނީ، އެ ގައުމުގައި ދާދި ފަހުން އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އެކި ގައުމުތަކުން ފޮނުވާ އެހީގެ ތަކެތި، ބާލާ ބަނދަރުން ކަމަށެވެ. ޓޮންގާ އަށް ފޮނުވާ އެހީގެ ތަކެތި މިހާތަނަށް ބަލައިގަންނަމުން ދިޔައީ ވެސް، ވައިރަހުން ސަލާމަތްވުމަށް، "ކޮންޓެކްޓްލެސް ޕްރޮޓޮކޯލްތަކުގެ" ދަށުންނެވެ. އެހީގެ ތަކެތި ޓޮންގާ އަށް ބޭލުމަށް ފަހު އެ ތަކެތި ތިން ދުވަސް ވަންދެން ވަކި ތަނެއްގައި ބަހައްޓަ އެވެ. ޓޮންގާގެ ރައްޔިތުން އެ ތަކެތީގައި އަތްލަނީ އޭގެ ފަހުންނެވެ.
ޓޮންގާގެ ރޭޑިއޯ ސްޓޭޝަނުން މިއަދު ބުނީ އެއް އާއިލާއަކުން ކޮވިޑުގެ އިތުރު ތިން ކޭސް ފެނިފައިވާ ކަމަށެވެ. ސައުތު ޕެސިފިކުގައި އޮންނަ ޓޮންގާ އަކީ ކުރިން ކޮވިޑް-ފްރީ ގައުމެކެވެ.
އިއްޔެގެ ވަރަށް ހަވީރުގެ ވަގުތެއްގައި ގައުމާ މުޚާތަބް ކުރައްވައި ބޮޑުވަޒީރު ދެއްވި ބަޔާނުގައި ވިދާޅުވީ ބުދަ ދުވަހު އިރުއޮއްސި 6 އިން ފެށިގެން ގައުމު ލޮކްޑައުން ކުރާނެ ކަމަށެވެ. އަދި ކޮންމެ 48 ގަޑިއިރަކުން ހާލަތު ރިވިއުކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި ވަގުތަށް އެންމެ މުހިންމީ ވައިރަސް ފެތުރުން ހުއްޓުވުން. އެއް ރަށުން އަނެއް ރަށަށް އެއްވެސް އުޅަނދެއް ދަތުރެއް ނުކުރާނެ. އަދި ޑޮމެސްޓިކް އެއްވެސް އެއާޕޯޓަކުން ފްލައިޓްތައް އޮޕަރޭޓެއް ނުކުރާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ޓޮންގާ އިން ވަނީ 2020 ވަނަ އަހަރުގެ ވަރަށް ކުރީކޮޅު ބޯޑަރު ބަންދުކޮށްފަ އެވެ. ނަމަވެސް އަލިފާން ފަރުބަދަ ގޮވައި ސުނާމީއެއް އެރުމުގެ ސަބަބުން ބޭރުގެ އެހީ އަށް އެ ގައުމު ބަރޯސާވާން ޖެހުނެވެ.
ޓޮންގާގެ 106،000 އާބާދީގެ ތެރޭން 83 ޕަސެންޓް މީހުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.
ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި
ކޮވިޑް ކޮންޓްރޯލުން ނެއްޓި ބެއިޖިން ފަޅުކަމެއްގައި
ފުރަބަންދާ ހެދި ޗައިނާގެ ގިނަ ބަޔަކު ކާޑަށް ޖެހިފައި
ކޮވިޑްގެ ފުރަބަންދަށް ފަހު ނިއު ޒީލޭންޑް ހުޅުވާލައިފި
ފުރަބަންދުކޮށްފައިވާ ޝަންހާއީން ކޮވިޑުގެ ފުރަތަމަ މަރު
ކޮވިޑު ގިނަވެ ޗައިނާގެ އެންމެ ބޮޑު ސިޓީ ލޮކްޑައުނަށް
ކޮވިޑާގުޅޭ ހުރިހާ ފިޔަވަޅެއް އިނގިރޭސިވިލާތުން އުވާލަނީ
ކާނާ އަށް ޖެހި ޗައިނާގެ ސިޓީއެއްގައި "ބާޓާ ސިސްޓަމް"
ނިއު ޒީލޭންޑް ހުޅުވައިލުން ފެބްރުއަރީއަށް ފަސްކޮށްފި
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟