Roadha Mihaaru
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން

ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން

10 އޮކްޓޯބަރ 2023

ބައިސްކޯފުގެ ވެބް ސީރީޒް "ޔާރާ"ގެ ދެވަނަ ސީޒަން މިދިޔަ ހަފުތާގައި ޕްރިމިއާކުރި އިރު، މިފަހަރު ލީޑު ކާސްޓުގައި އާ ދެތަރިން ވެސް ހިމެނެ އެވެ. އެއީ މަޝްހޫރު ފިލްމީ ތަރި، އަލީ ސީޒަން އާއި ވެބް ސީރީޒްތަކުގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފެވެ.

ބައިސްކޯފުގެ ވެބް ސީރީޒް "ޔާރާ"ގެ ދެވަނަ ސީޒަން މިދިޔަ ހަފުތާގައި ޕްރިމިއާކުރި އިރު، މިފަހަރު ލީޑު ކާސްޓުގައި އާ ދެތަރިން ވެސް ހިމެނެ އެވެ. އެއީ މަޝްހޫރު ފިލްމީ ތަރި، އަލީ ސީޒަން އާއި ވެބް ސީރީޒްތަކުގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފެވެ.

މިއީ ވެބް ސީރީޒެއްގައި ސީޒަން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. އެހެންވެ، މި ރޯލު އޭނާއަށް ވެސް ވަރަށް ހާއްސަ އެވެ.

"ޔާރާ"ގެ ޕޯސްޓަރެއްގައި ލަމްހާ ލަތީފް.

"ޔާރާ"ގެ ޕޯސްޓަރެއްގައި ލަމްހާ ލަތީފް.

ސީޒަން ބުނީ "ޔާރާ" އަކީ އޭނާ މިހާތަނަށް މަސައްކަތް ކުރި ސީރީޒްތަކުގެ ތެރެއިން ފުރިހަމަ މަސައްކަތެއް ގެނެސްދިނުމަށް އޭގެ އުފެއްދުންތެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރި އެއް ޕްރޮޖެކްޓު ކަމަށެވެ. އޭނާގެ އަމިއްލަ މަސައްކަތްތަކަށް ވުރެ ވެސް "ޔާރާ"ގެ އާޓް ޑައިރެކްޝަން އާއި ޑައިރެކްޝަން މާ ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

"އިގްބާލް އާއި ރިޝްމީގެ މަސައްކަތް. މިހާތަނަށް ކުރެވުނު އެންމެ ބުރަ މަސައްކަތެއް ފެނުނު، އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތްތައް ދިޔަ ސީރީޒޭ ބުނުމަކުން އެ ނުވާނެ ގޯހަކަށް،" ސީޒަން ބުންޏެވެ.

"ޔާރާ"ގެ ޕޯސްޓަރެއްގައި އައިޝާ އަލީ.

"ޔާރާ"ގެ ޕޯސްޓަރެއްގައި އައިޝާ އަލީ.

"ވަރަށް އައުޓްސްޓޭންޑިން ވަރަށް އެޕްރިޝިއޭޓް ކުރާ މަސައްކަތެއް."

މިއީ ލަމްހާގެ ދެވަނަ ވެބް ސީރީޒެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ބައިސްކޯފުގެ ސިޓްކޮމް "ކަރުހަކުރު"ގެ ލީޑު ރޯލެވެ.

"ޔާރާ"ގެ ޕޯސްޓަރެއްގައި ނުޒުހަތު ޝުއައިބު.

"ޔާރާ"ގެ ޕޯސްޓަރެއްގައި ނުޒުހަތު ޝުއައިބު.

"ޔާރާ"ގެ ދެވަނަ ސީޒަން ސްޓްރީމް ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ކޮންމެ ހަފުތާއަކު އާ އެޕިސޯޑެއް ގެނެސްދޭނެ މި ސީރީޒްގައި 14 އެޕިސޯޑު ހިމެނެ އެވެ.

ދިވެހި ސްކްރީން ރައިޓަރު/ޑައިރެކްޓަރު އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، މަޝްހޫރު އެކްޓްރެސް އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގައި ވަރަށް ގިނަ އެކްޓަރުން އުޅެ އެވެ. ދެވަނަ ސީޒަންގައި ވެސް ވަރަށް ގިނަ އާ އެކްޓަރުން ފެންނާނެ އެވެ.

ޔާރާގެ ދެވަނަ ސީޒަންގެ ޕޯސްޓަރެއްގައި ވިޝާލް.

ޔާރާގެ ދެވަނަ ސީޒަންގެ ޕޯސްޓަރެއްގައި ވިޝާލް.

ސީޒަން ސީރީޒެއްގެ ބޮޑު ރޯލެއް މި ކުޅުނީ ވެސް ވަރަށް ގިނަ ދުވަސް ފަހުންނެވެ. އަދި މިއީ ލަމްހާގެ ދެވަނަ ވެބް ސީރީޒެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ބައިސްކޯފުގެ ސިޓްކޮމް "ކަރުހަކުރު"ގެ ލީޑު ރޯލެވެ.

ރިޝްމީގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "އާރް2ޒީ ޕްރޮޑަކްޝަން" އާއި ބައިސްކޯފު ގުޅިގެން ގެނެސްދޭ މި ލޯބީގެ ސީރީޒްގެ ވާހަކަ ބިނާކޮށްފައި ވަނީ ތަފާތު ގުޅުންތަކުގެ މައްޗަށެވެ. އެއީ ލޯބިވެރިންނާއި ރަހުމަތްތެރިންނާ އަދި އާއިލީ ގުޅުންތަކުގެ މައްޗަށެވެ.

ސީރީޒްގެ މުހިންމު ރޯލުތައް ކުޅެނީ ރިޝްމީ، މަރިޔަމް އައްޒަ، އަހުމަދު އަޒްމީލް (އަޒޭ)، މުހައްމަދު ވިޝާލް (ރޯމަން)، އިސްމާއީލް ޖުމައިހް، ނުޒުހަތު ޝުއައިބު (ނުޒޫ)، އައިމިނަތު ރިޝްފާ، ޝަރަފު އަބްދުﷲ އަދި ޝަރާ އާދަމް އެވެ.

ހަތަރު ސީޒަނެއް ގެނެސްދޭން ނިންމާފައިވާ މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ މި އަހަރުގެ އެޕްރީލްގަ އެވެ.