އޮސްކާ އެވޯޑަށް ނޮމިނޭޓް ވިޔަސް، ކުރިން އެ އެވޯޑް ބޮއިކޮޓްކުރި އީރާނުގެ ޑައިރެކްޓަރު އަސްގަރު ފަރުހާދީ މި އަހަރުގެ އޮސްކާ އަށް ތައްޔާރުވާން ފަށައިފި އެވެ.
އޮސްކާ އެވޯޑަށް ނޮމިނޭޓް ވިޔަސް، ކުރިން އެ އެވޯޑް ބޮއިކޮޓްކުރި އީރާނުގެ ޑައިރެކްޓަރު އަސްގަރު ފަރުހާދީ މި އަހަރުގެ އޮސްކާ އަށް ތައްޔާރުވާން ފަށައިފި އެވެ.
ފަރުހަދީ 2017 ގެ އޮސްކާ ބޮއިކޮޓް ކުރީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އީރާން ހިމެނޭ ގޮތަށް، މުސްލިމު ހަތް ގައުމަކުން އެ ގައުމަށް ދަތުރު ނުކުރެވޭނެ ގޮތް ހެދުމުން، އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އޮސްކާގެ ފޮރިން ލޭންޖުއޭޖް ކެޓަގަރީ އަށް ފަރުހަދީ ޑައިރެކްޓްކުރި "ދަ ސޭލްސްމަން" އެ އަހަރު ނޮމިނޭޓްވެ، އެ އެވޯޑް ކާމިޔާބު ވެސް ކުރި އެވެ.
އޭނާ މިދިޔަ އަހަރު ގެނެސްދިން އާ ފިލްމު "އަ ހީރޯ" ވަނީ މި އަހަރުގެ އޮސްކާ އަށް ވާދަކުރަން ހުށަހަޅައިފަ އެވެ. އެ ފިލްމު ނޮމިނޭޓް ވެއްޖެ ނަމަ، އެއީ ވަރަށް ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށާއި އެ އެވޯޑަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
"އަ ހީރޯ" އަށް ވަނީ އެންމެފަހުން ބޭއްވި ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ވަނައެއް ލިބިފަ އެވެ. އެ ފިލްމުގައި ދައްކަނީ ރަހިމް ކިޔާ ގައިދީއަކު ޖަލު ބަންދުން ސަލަމާތްކުރުމަށް، އޭނާ އިންނަން އުޅޭ އަންހެން މީހާ ހޯދާ ރަން ފައިސާ ފޮތިތަކެއް ވިއްކާލަން އުޅުމުގެ ތެރޭގައި ދިމާވާ ތަފާތު ކަންތައްތަކެކެވެ.
އެ ފިލްމު މިހާރު އެމެޒަން ޕްރައިމް ވީޑިއޯއިން ސްޓްރީމް ކުރެވެ އެވެ.
ފަރުހަދީގެ އެންމެ މަޝްހޫރުވި އެއް ފިލްމަކީ 2011 ގައި ގެނެސްދިން "އަ ސެޕަރޭޝަން" އެވެ. އެ ފިލްމަށް އެ އަހަރުގެ ބާލިން ފިލްމު ފެސްޓިވަލްގައި ޝަރަފުވެރި އެވޯޑެއް ކަމަށްވާ ގޯލްޑެން ބިއާ އެވޯޑް ލިބުނެވެ.
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
އޮސްކާ ނޮމިނޭޝަންތަކުގެ ކުރީގައި "އޮޕެންހައިމާ"
އޮސްކާގެ ހޮސްޓުކުރަނީ ހެއްވާލާނެ ތަރިންތަކެއް
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
ބަންގާޅުން އޮސްކާ އަށް "ރިހާނާ"
"ދަ ފާދާ" ގެ ފޮލޯއަޕަކީ "ދަ ސަން"