މި އަހަރުގެ އޮސްކާ އެވޯޑް ހޮސްޓުކުރާނީ ކޮމެޑީ ރޯލުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރުން ކަމަށްވާ އެމީ ޝޫމާ އާއި ރެޖިނާ ހޯލް އަދި ވޮންޑާ ސައިކްސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ އޮސްކާ އެވޯޑް ހޮސްޓުކުރާނީ ކޮމެޑީ ރޯލުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓަރުން ކަމަށްވާ އެމީ ޝޫމާ އާއި ރެޖިނާ ހޯލް އަދި ވޮންޑާ ސައިކްސް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހޮސްޓެއް ނެތި އޮސްކާ އެވޯޑް ގެނެސްދޭތާ ތިން އަހަރު ފަހުން، އެ އެވޯޑަށް ހޮސްޓުން ނެގީ މިދިޔަ އަހަރުގެ ޝޯ ބެލި މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިއުމުން ކަމަށްވެ އެވެ. މިދިޔަ އަހަރު އެމެރިކާގައި އެ ޝޯ ބެލީ އެންމެ 10.4 މިލިއަން މީހުންނެވެ. އެއީ ވަރަށް ބޮޑު ވެއްޓުމެކެވެ.
ފިލްމީ ހަބަރުތައް ގެނެސްދޭ ވެރައިޓީން ބުނި ގޮތުގައި އަންނަ މަހު 27 ގައި އޮންނަ އޮސްކާ އެވޯޑަށް އެމީ އާއި ރެޖިނާ އަދި ވޮންޑާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އެމީ އަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނީ 2015 ގައި ގެނެސްދިން ކޮމެޑީ ސީރީޒް "އިން ސައިޑް އެމީ ޝޫމާ" އިންނެވެ. ރެޖިނާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ގާލްސް ޓްރިޕް" އަދި "ލިޓުލް" ހިމެނެ އެވެ. ސިޓްކޮމް ސީރީޒްތައް ކަމަށްވާ "ދަ އަޕްޝޯސް" އާއި "ބްލެކް-އިޝް" އަކީ ވޮންޑާގެ އެންމެ މަޝްހޫރު މަސައްކަތްތަކެވެ.
ކޮވިޑް-19އާ ގުޅިގެން 2020 ގައި އޮސްކާ އެވޯޑް ދިނީ ވެސް ވާޗުއަލްކޮށެވެ. އަދި މިދިޔަ އަހަރު އެވޯޑް ބޭއްވީ ވަރަށް މަދު ގެސްޓުންތަކަކަށް ހަފުލާ އަށް ދައުވަތު ދީގެންނެވެ. އެކަމަކު، މި އަހަރު އެންމެ ކުރީގެ ގޮތަށް މި އެވޯޑް އޮންނާނީ ބޮޑު އޯޑިއެންސަކާ އެކު ހޮލީވުޑްގެ ޑޮލްބީ ތިއޭޓަރުގަ އެވެ.
މިއަހަރުގެ އޮސްކާ ނޮމިނޭޝަންތަކުގައި އެންމެ ކުރީގައި އުޅެނީ ނެޓްފްލިކްސްގެ "ދަ ޕަވަ އޮފް ދަ ޑޯގް" އެވެ. އެ ފިލްމަށް 12 ނޮމިނޭޝަނެއް ލިބިފައިވެ އެވެ. އެ ފިލްމަށް ފަހު، 10 ނޮމިނޭޝަންއާ އެކު ކުރީގައި އޮތީ "ޑޫން" އެވެ.
މިފަހަރު ވޯޓަށް ހުޅުވާލައިގެން ފޭން ފޭވަރިޓް ފިލްމެއް ވެސް ހޮވަން ވަނީ ނިންމައިފަ އެވެ. އެ އެވޯޑް ލިބުން ގާތީ މާވެލް އާއި ސޮނީގެ "ސްޕައިޑަމޭން" އަށެވެ.
އިޒުރޭލު ސިފައިންނާ ދެކޮޅު ޑޮކިއުމެންޓްރީއަކަށް އޮސްކާ
އޮސްކާ ނޮމިނޭޝަންގެ ކުރީގައި ނެޓްފްލިކްސްގެ ފިލްމުތައް
އޮސްކާގެ ނޮމިނޭޝަންތަައް އިއުލާންކުރުން ފަސްކޮށްފި
އިންޑިއާއިން އޮސްކާއަށް ގެންދަނީ "ލާޕަތާ ލޭޑީސް"
އަހަރުގެ އެންމެ މޮޅު ފިލްމަކީ "އޮޕެންހައިމާ"
އޮސްކާ ނޮމިނޭޝަންތަކުގެ ކުރީގައި "އޮޕެންހައިމާ"
އޮސްކާ ބޮއިކޮޓްކުރި ޑައިރެކްޓަރު އެ އެވޯޑަށް ތައްޔާރު
އިންޑިއާ އިން އޮސްކާ އަށް ހޮވީ ތަމަޅަ ފިލްމެއް
ބަންގާޅުން އޮސްކާ އަށް "ރިހާނާ"
"ދަ ފާދާ" ގެ ފޮލޯއަޕަކީ "ދަ ސަން"