ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރުގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް މިއަދު އެ ގައުމަށް ދާން ނިންމައިފި އެވެ.
07 ފެބުރުއަރީ 2022
ސްރީ ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު އަފްހާމް ނަސީރުގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޓީމެއް މިއަދު އެ ގައުމަށް ދާން ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، "ލަންކާގައި ދިވެއްސަކު މަރާލާފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން" އެކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށާއި އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިއަދު އެ ގައުމަށް ދާނެ ކަމަށެވެ.
ލަންކާ އަށް ދިޔައީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީނިއާ އޮފިސަރުންގެ ޓީމެކެވެ. އެ ޓީމުން މަސައްކަތްކުރާނީ ލަންކާ ފުލުހުންނާ ގުޅިގެންނެވެ.
ދ. މީދު އަށް އުފަން އަފްހާމް 24، މަރުވެފައި އޮއްވައި ފެނުނީ ރޭލު ދަގަނޑެއްގެ ކައިރިންނެވެ. އެ ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވެ އެވެ.
އަފްހާމް ދަންނަ، ލަންކާގައި އުޅޭ މީހަކު "މިހާރު" އަށް ބުނިގޮތުގައި، އަފްހާމް މަރުވެފައި އޮއްވައި ފެނުނު ސަރަހައްދުން ވަޅިއެއް ފެނުނު ކަމަަށާއި އޭނާގެ ހަށިގަނޑުގައި ވެސް ޒަހަމްތަކެއް ހުރި ކަމަށް ލަންކާގެ ފުލުހުން އާއިލާ އަށް އަންގާފައިވެ އެވެ.
އެކަމުގެ ހަގީގަތް ބެލުމަށް އަފްހާމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް އިއްޔެ ހެދި އެވެ.
އަފްހާމް، ލަންކާގައި ދިރިއުޅެމުންދިޔަ ގޭގެ މީހަކު ކުރިން "މިހާރު" އަށް ބުނީ އަފްހާމް ގެއްލުމުގެ ކުރިން މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާގެ އެކުވެރިއަކަށް ވަރަށް ދެރަވެގެން މެސެޖުތަކެއް ވެސް ކުރި ކަމަށެވެ. އޭގެ ފަހުން އޭނާގެ ފޯނު އޮތީ ނިއްވާލާފައި ކަމަށް އެ ގެއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ރާއްޖޭގައި މަރުވި ލަންކާގެ މީހާގެ މައްސަލަ ބަލަނީ
ލަންކާގައި ދިވެހި ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
ލަންކާ ޑްރަގު ބޯޓުގެ މައްސަލާގައި އޮޕަރޭޝަންތަކެއް!
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
އެއާޕޯޓުގައި ހަމަނުޖެހުން ހިންގި ލަންކާ މީހަކު ހައްޔަރު