ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ސީރީޒްގެ ފުރަތަމަ މެޗު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މިރޭ ކާމިޔާބުކޮށްފި އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ ސީރީޒްގެ ފުރަތަމަ މެޗު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މިރޭ ކާމިޔާބުކޮށްފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ ޓީމު އުނދަގޫ ހާލަތެއްގައި އޮވެ، ސެންޓްރަލް ޒޯން މުބާރާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވި ނަމަވެސް، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ރަހުމަތްތެރިކަމުގެ މެޗު ރާއްޖޭން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
ސެންޓްރަލް ޒޯން މުބާރާތާ ހިލާފަށް މި މެޗުތަކަށް ޓީމު ހަމަކޮށްގެން، ފަރިތަކުރުންތަކަށް އެކަށީގެންވާ ވަގުތު ލިބުމުން، ބަންގަލަދޭޝްއާ ދެކޮޅަށް ކާމިޔާބު ހޯދޭނެ ކަމަށް، މީގެ ކުރިން ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ބުނެފަ އެވެ. މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝް ހޯދި ނަމަވެސް ރާއްޖޭން މެޗުން މޮޅުވީ ފަހުން ކުޅުނު ތިން ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ.
ރާއްޖެ އާއި ބަންގްލަދޭޝް ވޮލީ ޓީމް މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރާއްޖޭން ރަނގަޅު ފައިޓެއް ދިން ނަމަވެސް ބަންގްލަދޭޝް އިން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ. ފުރަތަމަ ސެޓާ ހިލާފަށް ދެވަނަ ސެޓުގައި ރާއްޖޭން ވަނީ ޓީމުގެ ބްލޮކްތަކާއި ރިސީވްތައް ރަނގަޅުކޮށް، މެދުތެރޭން ނުރައްކާތެރި އެޓޭކްތައް އުފައްދަން ފަށައިފަ އެވެ.
ބަންގްލަދޭޝް އިން މި ސެޓުގެ ފުރަތަމަ ތިން ޕޮއިންޓް ނެގި ނަމަވެސް ރާއްޖޭން ވަނީ އެއްވަރުކޮށް، އާދަމް ފައިރޫޒްގެ އެޓޭކަކުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އަލީ ހުޒާމް (ހުޒާންޓޭ) ގެ މޮޅު އެޓޭކްތަކާ އެކު ރާއްޖޭން މި ސެޓުގައި އަށް ޕޮއިންޓުގެ ލީޑެއް ވެސް ހޯދި އިރު، ސެޓު ނިންމާލީ 25-19 އިންނެވެ.
ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭން ވަނީ ތިންވަނަ ސެޓުގެ ކުރީކޮޅު ގޯސްތަކެއް ހެދުނު ނަމަވެސް ފަހުން އެކަން ރަނގަޅުކޮށް ފަސް ޕޮއިންޓުގެ ލީޑެއް ވެސް ނަގައިފަ އެވެ. ރާއްޖޭން މި ސެޓު ކާމިޔާބުކުރީ 25-20 އިންނެވެ. ސެޓުގެ ފަހު ޕޮއިންޓު ރާއްޖޭން ހޯދީ އާދަމް ފައިރޫޒްގެ މޮޅު ބްލޮކަކުންނެވެ.
ހަތަރުވަނަ ސެޓުގައި ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ރާއްޖޭން ވަނީ ގިނަ ވަގުތު ލީޑު ހިފަހައްޓައިގެން ކުޅެފަ އެވެ. އަދި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ގެ ނުރައްކާ އެޓޭކަކުން 25-22 އިން ސެޓު ހޯދައި ރާއްޖޭން ވަނީ ރަހުމަތްތެރިކަމުގެ ސިލްސިލާގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.
ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖޭގެ ދެވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެ ރެއެވެ.
ވާދަވެރި ކުޅުމަކާއެކު ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ބަންގަލަދޭޝްގެ ވޮލީ ޓީމާ އެކު އެކުވެރިކަމުގެ މެޗުތަކެއް
ދިވެހި ކޯޗުން ކުރިއަރާނީ ބިދޭސީ ކޯޗުންގެ އެހީ ލިބިގެން
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް މުންތާޒު