ބަންގްލަދޭޝްއާ އެކު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗު، ވާދަވެރި ކުޅުމަކަށް ފަހު ބަންގްލަދޭޝް ކާމިޔާބު ކޮށްފި އެވެ.
10 ފެބުރުއަރީ 2022
ބަންގްލަދޭޝްއާ އެކު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ ދެވަނަ މެޗު، ވާދަވެރި ކުޅުމަކަށް ފަހު ބަންގްލަދޭޝް ކާމިޔާބު ކޮށްފި އެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ 3-1 ސެޓުން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ރޭގެ މެޗުގައި ރާއްޖެ ޓީމުގެ މައްޗަށް ބަންގްލަދޭޝް ކާމިޔާބު ހޯދީ ހަމަ އެ ނަތީޖާއިންނެވެ.
ފުރަތަމަ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގެ ފުރަތަމަ ސެޓު ވެސް ގެންދިޔައީ ބަންގްލަދޭޝް އިންނެވެ. މި ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-19 އިންނެވެ. ދެވަނަ ސެޓު ރާއްޖޭން ފަސޭހަކަމާ އެކު 25-16 އިން ކާމިޔާބު ކުރި ނަމަވެސް، ބަންގްލަދޭޝް މޮޅުވީ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް 25-15 އަދި 25-21 އިން ކާމިޔާބު ކޮށްގެންނެވެ.
ފުރަތަމަ މެޗުން ލިބުނު ނާކާމިޔާބީއާ އެކު ބަންގްލަދޭޝް އިން ރޭގެ މެޗު ފެށީ ވަރުގަދަ ކޮށެވެ. ރާއްޖޭގެ ޓީމަށް ބަންގްލަދޭޝްގެ އެޓޭކްތައް ރަނގަށް ބްލޮކް ނުކުރެވުމުގެ އިތުރުން އެޓޭކް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވި މި ސެޓު ބަންގްލަދޭޝް ނިންމާލީ ރާއްޖެއަށް ލީޑެއް ނުދީ އެވެ.
އެހެން ނަމަވެސް ދެވަނަ ސެޓު ރާއްޖޭން ފެށީ ވެސް ދެ ޕޮއިންޓުގެ ލީޑަކުންނެވެ. އެއަށް ފަހު ވަރަށް މަސައްކަތުން ބަންގްލަދޭޝް އިން މި ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދައި، ދެ ޓީމު 7-7 އިން އެއްވަރުވެފައި ވަނިކޮށް، ބަންގްލަދޭޝްގެ މިސްޓޭކުތަކަކުން ރާއްޖެއަށް ދެ ޕޮއިންޓުގެ ލީޑެއް ލިބުނެވެ.
ރާއްޖޭން ލީޑު ނެގުމުން ދެން ފެނުނީ ބަންގްލަދޭޝް އިން ޓައިމްއައުޓެއް ނެގި ތަނެވެ. ޓައިމްއައުޓަށް ފަހު ވެސް ރާއްޖޭން ބަންގްލަދޭޝް އަށް އެއްވަރު ކޮށްލުމުގެ ފުރުސަތެއް ނުދިނެވެ. އާދަމް ފައިރޫޒާއި ކުޑަކާއްޓޭގެ ނުރައްކާތެރި ހަމަލާތަކާއި ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއުގެ މޮޅު ބްލޮކްތަކާ އެކު ރާއްޖޭން ވަނީ ފަސޭހަ ކަމާ އެކު މި ސެޓް ގެންގޮސްފަ އެވެ.
ތިންވަނަ ސެޓުގައި ވެސް ރާއްޖެއަށް ދިމާވީ ބަންގްލަދޭޝްގެ ނުރައްކާ އެޓޭކްތައް ބްލޮކް ނުކުރެވުމުގެ މައްސަލަ އެވެ. ބަންގްލަދޭޝް އިން މި ސެޓު ނިންމާލީ ބޮޑު ލީޑެއްގަ އެވެ. ހަތަރުވަނަ ސެޓު ރާއްޖޭން ފެށީ ފުރަތަމަ ދެ ޕޮއިންޓް ކާމިޔާބުކޮށް ލީޑު ހޯދައިގެންނެވެ. ރާއްޖޭން 4-1 ގެ ލީޑެއް ހޯދުމުން މިފަހަރު ބަންގްލަދޭޝް ވަނީ ޓައިމްއައުޓެއް ނަގައި، ރާއްޖޭގެ އެޓޭކްތައް ހުޝިޔާރުކަމާ އެކު ބްލޮކްކޮށް، ބޮޑު ލީޑެއް ހޯދައިފަ އެވެ. ބަންގްލަދޭޝް 10-6 އިން ކުރި ހޯދި ނަމަވެސް ރާއްޖޭން 10-10 އިން އެއްވަރު ވެސް ކުރި އެވެ. އޭގެ ފަހުން ވެސް ބަންގްލަދޭޝް އިން ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދުމުން ރާއްޖޭން ސެޓުގެ ނަތީޖާ 17-16 އަށް ކުޑަކުރި އެވެ. އަދި ވަރުގަދަ އެޓޭކްތަކާ އެކު 21-21 އިން އެއްވަރުކުރި ނަމަވެސް، އިތުރު ޕޮއިންޓެއް ނުހޯދި، ސެޓު ގެއްލުނީ އެވެ.
ރަހުމަތްތެރިކަމުގެ ސިލްސިލާގެ ތިން ވަނަ މެޗު ކުޅޭނީ މާދަމާ ރެއެވެ.
އެކުވެރިކަމުގެ މެޗުގައި ރާއްޖޭން ބަންގްލަދޭޝް ބަލިކޮށްފި
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް
އާބަދަލުން ގައުމީ ޓީމަށް ކުރިއެރުން ހޯދޭނެ: ކާއްޓޭ
ބަންގަލަދޭޝްގެ ވޮލީ ޓީމާ އެކު އެކުވެރިކަމުގެ މެޗުތަކެއް
ދިވެހި ކޯޗުން ކުރިއަރާނީ ބިދޭސީ ކޯޗުންގެ އެހީ ލިބިގެން
ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް މުންތާޒު