އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މާދަމާ ގޮތެއް ނިންމޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
08 ފެބުރުއަރީ 2022
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ރާއްޖޭގެ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގުން ހުއްޓުވުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު މާދަމާ ގޮތެއް ނިންމޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ އެ ބިލް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މަޝްވަރާ އަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި ގޮތެއް ނިންމަން މާދަމާ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"އެ ބައްދަލުވުމުގައި ނިންމާނީ މަޖިލީހަށް ބިލް ހުށަހަޅާނީތޯ ނޫންތޯ. އިތުރު ބަދަލެއް ގެންނަން ޖެހޭތޯ. ބިލް އޮތް ގޮތަށް ހުށަހަޅާނީތޯ،" މަޖިލީހުގެ 65 މެމްބަރުންނާއެކު ސުޕަ މެޖޯރިޓީ ލީޑަރުގެ މަސްއޫލިއްޔަތު އަދާކުރައްވާ އާޒިމް ވިދާޅުވި އެވެ.
މި ބިލު ހުށަހަޅަން ތައްޔާރުވެފައިވާއިރު، "އިންޑިއާ އައުޓް" ހަރަކާތުން ލިބިދާނެ ގެއްލުމެއް ބެލުމުގެ ދިރާސާއެއް ހެދުމަށް މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވުމުގެ އިތުރުން އެއީ ރާއްޖެ އާއި ދިވެހިންނަށް ބޮޑު ދެރައެއް ލިބިދާނެ ހަރަކާތެއް ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ކޮމިޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
"އިންޑިއާ އައުޓް" އަށް އަމާޒުކޮށް ހެދި ޑްރާފްޓްގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ބޭރު ގައުމުތަކާއެކު، ގާއިމު ކޮށްފައިވާ ހާރިޖީ ގުޅުންތަކަށާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ އަމަލުތައް ހުއްޓުވުމެވެ. އަދަބެއްގެ ގޮތުގައި ބޮޑު ޖޫރިމަނާއަކާއި ޖަލު ހުކުމެއް ވަނީ ކަނޑައަޅައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި އިންޑިއާ އައުޓް ދިދަ ވިހުރުވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ޑްރާފްޓްގައިވާ ގޮތުން، އެފަދަ އަމަލެއް ކަމަށް ބެލެވޭނީ ގާނޫނީ އަދި ބައިނަލްއަގްވާމީ ހަމަތަކާއި ދެ ގައުމުން ބަލައިގަނެފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި، ރައްޔިތުންގެ ނަމުގައި ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ވަކި ގައުމެއްގެ ސަރުކާރާއި އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާ ކުރުމާއި ސިޔާސީ ހަރަކާތް ހިންގުމުންނެވެ.
ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ، ސިޔާސީ އަދި އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލު ވާކަން ދެއްކުމުގެ ގޮތުން ވަކި ގައުމަކާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގުމަކީ ވެސް ކުށެއް ކަމަށް ބިލުގައި ބުނެފައި ވެ އެވެ.
މިއީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ބިލެއް ބުނެ އިދިކޮޅުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. ބިލެއް ހެދިޔަސް "އިންޑިއާ އައުޓް" ކެމްޕޭނެއް ނުހުއްޓުވޭނެ ކަމަށާއި މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެ ބޭފުޅުންގެ ކަންބޮޑުވުމަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބޭ މައްސަލަ އެވެ. އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެ ސިފައިން ފައިބައިގެން ދިއުމަށް އިދިކޮޅުން ގެންދަނީ ގޮވަމުންނެވެ.
ވެލިފުކެއް ވެސް އިންޑިއާއަށް ލިބޭ އެއްބަސްވުމެއް ނެތް
އިންޑިއާ އައުޓް ބިލާ މެދު ހިޔާލު ތަފާތުވެއްޖެ!
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
އިންޑިއާ އައުޓަށް އަމާޒުކޮށް ހަދާ ބިލުގައި ޖަލު އަދަބު
ނަޝީދު ނުރުހޭތީ ޒަމީރުގެ ސޮއި ނަގައިފި
އިންޑިއާއާ ދެކޮޅު ޕެޓިޝަނުގައި ޒަމީރު ސޮއިކުރުން ގޯސް
އިންޑިއާގެ ދިފާއުގައި "ބާކީ ނުވޭ" ކެމްޕެއިނެއް!
"ފުލުހުންނާއެކު އުޅުނީ ބިދޭސީ މުވައްޒަފެއް"
އެންމެ ހުދުމުހުތާރު ވެރިކަމެއް ކުރަނީ އެމްޑީޕީ: ޔާމީން