Roadha Mihaaru
"ފުލުހުންނާއެކު އުޅުނީ ބިދޭސީ މުވައްޒަފެއް"

ފުލުހުންނާއެކު އުޅުނު ބިދޭސީއަކީ މުވައްޒަފެއް، އޭނާއަށް އިންޒާރު ލިބޭ: ފުލުހުން

26 މާޗް 2022

އިދިކޮޅު ފަރާތްތަކުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރޭގައި ފުލުހުންނާ އެކީ އުޅުނު ބިދޭސީ މީހާއަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި ބައެއް މީޑިއާތަކުން އެ މީހާގެ ފޮޓޯ އާއި ޚަބަރު އާންމުކުރި ގޮތުން މިހާރު އޭނާ އަށް އިންޒާރު ލިބެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

"އިންޑިއާ އައުޓް" މުޒާހަރާ ކުރިއަށް ގެންދިޔަ ވަގުތު ފުލުހުންގެ ވެހިކަލަކުން ނުކުމެ، މަގުމަތީގައި ހަރަކާތްތެރިވި ބައެއް ފުލުހުންނާ ބިދޭސީއަކު ވާހަކަ ދެއްކި މައްސަލައެއް ބައެއް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އަދި އެއީ އިންޑިއާގެ މީހެއް ކަމާއި އޭނާ ފުލުހުންނާ ދައްކަމުން ދިޔަ ވާހަކަތަކާ މެދު ސޯޝަލް މިޑިއާގައި ސުވާލު އުފެއްދި އެވެ.

އެ މައްސަލަ ބޮޑުވެ، ނޫސްވެރިންގެ ސުވާލުތައް ގިނަވާން ފެށުމުން ފުލުހުން މިއަދު ބުނީ އެއީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކު ކަމަށެވެ. އަދި އިއްޔެގެ މުޒާހަރާގައި އޭނާ މަސައްކަތްކުރީ ފުލުހުންގެ މެޑިކަލް ޓީމާ އެކު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާގެ ގައުމެއް ފުލުހުން ނުބުންޏެވެ.

އިދިކޮޅުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންނާއެކު ފެނުނު ކަމަށް ބުނާ ބިދޭސީ މީހާ: އެ މީހާގެ ގައުމު ފުލުހުން ހާމައެއް ނުކުރޭ. ފުލުހުން ބުނާގޮތުން އެއީ ފުލުހުންގެ ވަޒީފާގައި ސިއްހީ ހިދުމަތްދޭ ތަނުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް.

ބައެއް ނޫސްތަކުން އެ މުއައްޒަފުގެ ފޮޓޯ އާއި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން އޭނާ އަށް އިންޒާރު ލިބެމުންދާ ކަމަށް ވެސް އެ މީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިޔަށް ގެންދިޔަ މުޒާހަރާ ތެރެއިން އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނާއެކު 17 މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.