Roadha Mihaaru

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު އެއް ގަޑިއިރަށް ކަރަންޓު ކެނޑޭނެ

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ހެންވޭރުން މިއަދު އެއް ގަޑިއިރަށް ކަރަންޓް ކެނޑޭނެ
އިދުހާމް ނައީމް
އިދުހާމް ނައީމް

08 ފެބުރުއަރީ 2022

ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުން އަމީރު އަހުމަދު މަގާއި ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލާނީ ހަވީރު 4:00 އިން 5:00 އަށެވެ.

މިއަދު ކަރަންޓް ކަނޑާލާ ބްލޮކްގައި ހިމެނޭ 42 ތަނަކަށް ސްޓެލްކޯ އިން ކަރަންޓް ފޯރުކޮށްދެ އެވެ.

ކަރަންޓް ކެނޑޭނެ ކަމަށް ބުނެ ސްޓެލްކޯއިން ކުރި ޓްވީޓް--

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މާފަށް އެދެ އެވެ. އަދި ވީހާ ވެސް އަވަހަކަށް މި މަސައްކަތް ނިންމައި ކަރަންޓު އަނބުރާ ދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.