Roadha Mihaaru

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

ގަލޮޅުގެ ބައެެއްސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެ
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

21 އޮކްޓޯބަރ 2022

ގަލޮޅުގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 8:00 އިން މެންދުރު 12:00 އާ ދެމެދު ގަލޮޅުގެ 11 މަގަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެއީ ބަނަފުސާ މަގާއި ސަހަރާ މަގާއި ބޮޑުރަސްގެފާނު މަގާއި ނިޔަނދުރު ގޯޅި އާއި ރާދަފަތި ހިނގުމާއި ރުއްކެނޑިޔާ ހިނގުމާއި ހުވަފެނީ ގޯޅި އާއި ކޮއިމަލާ ހިނގުމާއި ދޮންއަދަރާދަ ހިނގުމާއި ދޫހިމެރި މަގު އަދި ލޮނުޒިޔާރަތް މަގެވެ.

ސްޓެލްކޯ އިން ބުނިގޮތުގައި މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ދޭނެ އެވެ.

އެ ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދެ އެވެ.