މީގެ ހަ އަހަރު ކުރިން ކަރުގައި ސައިކަލުގެ ޓަޔަރެއް ތާށިވި އިންޑޮނޭޝިއާގެ ކޯރެއްގައި ދިރިއުޅޭ ކިނބުލެއްގެ ކަރުން އޭތި ނައްޓާ، އެ ކިނބޫ ސަލަމާތްކޮށްފި އެވެ.
މީގެ ހަ އަހަރު ކުރިން ކަރުގައި ސައިކަލުގެ ޓަޔަރެއް ތާށިވި އިންޑޮނޭޝިއާގެ ކޯރެއްގައި ދިރިއުޅޭ ކިނބުލެއްގެ ކަރުން އޭތި ނައްޓާ، އެ ކިނބޫ ސަލަމާތްކޮށްފި އެވެ.
އެ ކިނބޫގެ ކަރުން ޓަޔަރު ނެއްޓުވީ އިންޑޮނޭޝިއާގެ ރަށެއް ކަމަށްވާ ސުލަވެސީގެ މީހެކެވެ. އޭނާ ބުނިގޮތުގައި 13 ފޫޓު ހުރި އެ ކިނބޫގެ ކަރުން އެ ޓަޔަރު ނައްޓުވައިދިނީ، އޭތި ހެދިބޮޑުވަމުން އަންނަ ވަރަކަށް އެއަށް އުޅެން އުނދަގޫވެ، ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވުމުންނެވެ.
މީގެ ކުރިން ވެސް އެ ކިނބޫގެ ކަރުން ޓަޔަރު ނައްޓަން މަސައްކަތް ކުރި އެވެ. ކިނބޫ ހިމާޔަތްކުރަން މަސައްކަތްކުރާ އޮސްޓްރޭލިއާގެ ބަޔަކު ގެންގޮސް ކުރަން އުޅުނު އެ މަސައްކަތް ކާމިޔާބުވާ ގޮތް ނުވީ، އެ ކިނބޫ ހިފަން އުނދަގޫވުމުންނެވެ.
އެންމެފަހުން ބިރުކަނޑާލައިފައި އެ ކިނބޫ އަމިއްލަ އަށް ހިފީ، އިންޑޮނޭޝިއާގެ މީހެއް ކަމަށްވާ 35 އަހަރު ޓިލީ އެވެ. އެ ކިނބޫ ހިފަން އެއްގަމުގައި މަޅިއެއް ޖަހައިގެން، އޭނާ އަށް އެކަން ކާމިޔާބު ކުރެވުނީ ތިން ފަހަރު މަތިން އުޅެގެންނެވެ.
އެ ކިނބޫގެ ކަރުން ޓަޔަރު ނައްޓުއިދޭ މީހަކަށް ހަދިޔާ ދޭން ވެސް އިންޑިނޮޝިއާގެ ސަރުކާރުން 2020 ގައި އިއުލާންކުރި އެވެ. އެކަމަކު ޓިލީގެ މަގުސަދަކަށްވީ އެ ހަދިޔާ ހޯދުމެއް ނޫނެވެ.
"އަހަންނަށް ކެތެއް ނުވޭ ޖަނަވާރުންނަށް އަނިޔާވާތަން ބަލާކަށް. އެއީ ހަރުފައަކަށް ވިޔަސް އަހަރެން އެހީވާނަން،" އޭނާ ބުންޏެވެ.
ގެއްލުނު މަސްވެރިޔާ ފެނުނީ ކިނބުލުގެ ބަނޑުން
ކިނބުލުގެ ޝިކާރައަކަށްވީ އެއަށް ކާންދޭ މީހާ
ގޭގައި 1،500 ފައިދިގު މަކުނު ގެންގުޅޭ މީހެއް
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
މިނިކާކުއްތާ ހަމަލާދީ އިންޑިއާއިން 9 މީހަކު މަރާލައިފި
މެލޭޝިއާއަށް މީގެ ކުރިން ނާރާ ވަރުގެ ބާރުގަދަ ތޫފާނެއް
އިންޑޮނީޝިއާއަށް ބާރުގަދަ ބިންހެލުމެއް، ސުނާމީއެއް ނެތް
138 މިލިއަނުގެ ލޯނެއް ނުދައްކާ ފިލުމުން ހައްޔަރު
އިންޑޮނީޝިއާގެ ހިލޭ ނާސްތާ ޕްރޮގްރާމުން ކާނާ ވިހަވަނީ
އިންޑޮނީޝިއާގެ ގައުމީ ބަތަލުންގެ ލިސްޓަށް ސުހާޓޯ