Roadha Mihaaru
ގޭގައި 1،500 ފައިދިގު މަކުނު ގެންގުޅޭ މީހެއް

ގޭގައި 1،500 ފައިދިގު މަކުނު ގެންގުޅޭ މީހެއް

04 މެއި 2017

އިންޑޮނީޝިޔާގެ މިންގް ކޫ ދިރިއުޅޭ ގެއަށް ވަންނަން ކެރޭނީ ހިތްވަރު ގަދަ މީހަކަށެވެ. އޭނާއާ އެއްކޮށް އެ ގޭގައި 1،500 ފައިދިގު މަކުނު އުޅެ އެވެ. އޭނާ ގެންގުޅެނީ މަކުނު އާއިލާގެ އެންމެ ބޮޑު އެއް ވައްތަރު ކަމަށްވާ ޓެރަންޓިއުލާ އެވެ. އޭނާ އެ އެއްޗެހި ވިއްސައި ގިނަކުރެ އެވެ.

ޖާދުﷲ ތައުފީގް ޖާދުﷲ ތައުފީގް

އިންޑޮނީޝިޔާގެ މިންގް ކޫ ދިރިއުޅޭ ގެއަށް ވަންނަން ކެރޭނީ ހިތްވަރު ގަދަ މީހަކަށެވެ. އޭނާއާ އެއްކޮށް އެ ގޭގައި 1،500 ފައިދިގު މަކުނު އުޅެ އެވެ. އޭނާ ގެންގުޅެނީ މަކުނު އާއިލާގެ އެންމެ ބޮޑު އެއް ވައްތަރު ކަމަށްވާ ޓެރަންޓިއުލާ އެވެ. އޭނާ އެ އެއްޗެހި ވިއްސައި ގިނަކުރެ އެވެ.

ބަންގް ޑުންގް ސިޓީގައި ދިރިއުޅޭ މިންގް ކޫ 2010 ގައި މިކަން ފެށީ ވިޔަފާރި ކުރާށެވެ. މަކުނުތައް އޭނާގެ ގައިގައި ކިތަންމެ ވަރަކަށް ދައިގަތަސް އެސޮރުމެން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ވިޔަފާރި ނުހުއްޓާނެ ކަމަށް ކޫ ބުންޏެވެ.

"ރައްޓެއްސެއް ދިން ހިޔާލެއް މިއީ. އޭނާއާ އެކު ޓަރަންޓިއުލާ ވިއްކަން އަހަރެން އެއްބަސްވީ،" ނޫސްތަކަށް ދިން އިންޓަވިއުއެއްގައި މިންގް ކޫ ބުންޏެވެ.

"މާ ގިނަ ދުވަހެއް ނުވެ އޭނާ މިކަން ދޫކޮށްލާފަ ހިނގައްޖެ. މި މަސައްކަތް އަހަންނަށް ދޫކޮށް ނުލެވުނީ ޓެރަންޓިއުލާތަކަށް ޖެހުނު ކުލުނަކާ ހުރެ."

މަކުނުތައް އާލާކުރުމަށް މިހާތަށް 55،000 ޑޮލަރު ކޫ ވަނީ ހަރަދުކޮށްފަ އެވެ. އެހައި ގިނަ މަކުނު ބަލަހައްޓާ އާލާކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކޫ ބުންޏެވެ. އަދި އެކަމަށް ހޭދަކުރާ ވަގުތު ގިނަކަމުން ހުސް ވަގުތެއް އޭނާ އަކަށް ނުލިބެ އެވެ.

ޓެރަންޓިއުލާގެ ގައިގައި ހުންނަ ކެހެރި ޖެހުމުން ގައި ހިރުވަ އެވެ. އަދި އެއީ ވަރަށް ބާރަށް ދައިގަންނަ މަކުނެކެވެ. އެކަމު ރަނގަޅަށް ބަލަހައްޓައިގެން، ޕެޓްގެ ގޮތުގައި ގިނަ ބަޔަކަށް ކަމު ގޮސްފައިވާ ސޫއްޕެކެވެ. މި މަކުނު 11 އިންޗިއަށް ބޮޑުވެ އެވެ.